ޝިހާމް މަރާލި މައްސަލާގައި ހައްޔަރު ކުރި މީހާ ދިރިއުޅޭ ގެއިން އެއްޗެހިތަކެއް ހޯދައިފި

ރޯދަ ވީއްލައިގެން ސިނގިރެޓެއް ބޯލަން ޖޯލިފައްޗެއްގައި އޮއްވާ މެއަށް ވަޅި ޖަހައި ކ. ތުލުސްދޫގައި ރޭ މަރާލި ތ. ކިނބިދޫ އަލީ ޝިހާމްގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައި ހުރި މީހާ ދިރުއުޅޭ ގެއިން އެއްޗެހިތަކެއް ހޯދައިފި އެވެ.

ޝިހާމް މަރާލި ކަމަށް އިއުތިރާފުވެ ތުލުސްދޫ ޕޮލިސް ސްޓޭޝަނަށް ގޮސް، އަމިއްލައަށް ފުލުހުންނާ ހަވާލުވީ މާލެއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ މުހައްމަދު ނިޔާޒު ނަމަކަށް ކިޔާ މީހެކެވެ.

ކޯޓު އަމުރެއްގެ ދަށުން ތުލުސްދޫގައި ނިޔާޒު ދިރިއުޅޭ ގެ ބަލައި ފާސްކުރީ ރޭ މެންދަމު އެވެ. އެ ގެ ބަލައި ފާސްކުރީ ނިޔާޒުގެ ހާޒިރުގަ އެވެ. ފުލުހުން ވަނީ އެ ގެއިން އެއްޗެހިތަކެއް ހޯދާފަ އެވެ. ނަަމަވެސް ފުލުހުން އެ ގެއިން ހޯދި އެއްޗެހިތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ރަޔަޓް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ނިޔާޒު ގެންދަނީ-- ސަން ފޮޓޯ/ އިސްމާއިލް ޝަފީއު

ރޭ މެންދަމު 3:30 އެހާކަންހާއިރު ނިޔާޒުގެ ހާޒިރުގައި އޭނާ ދިރިއުޅުނު ގެ ބަލައި ފާސްކުރަން ގެންދިޔައީ ރަޔަޓް ފުލުހުންގެ ބެލުމުގައި ދަށުގައި ބަހައްޓައިގެންނެވެ. ނިޔާޒު އެ ގެއަށް ގެންދިޔައިރު އޭނާގެ ބޮލުގައި ހެލްމެޓް އަޅައި އޭނާ ވަށައިގެން 10 ވަރަކަށް ފުލުހުން ރޭ ތިއްބެވެ.

ޝިހާމް މަރާލި ކަމަށް ނިޔާޒު އަމިއްލައަށް އިއުތިފާރުވެފައިވާ ކަމަށް ތުލުސްދޫ ރަށު ކައުންސިލްގެ ނައިބު ރައީސް ޢަބްދުއްރައްޒާޤު ޢަލީ "ސަން"އަށް ރޭ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާއާ ސުވާލު ކުރުމުން ފުލުހުން ވަކިއެއްޗެއް ހާމައެއް ނުކުރެ އެވެ.
ޝިހާމްގެ މެއަށް ވަޅި ޖެހި ސަރައްހަދުގައި ފުލުހުންގެ ފޮރެންސިކް ޓީމެއް ހަރަކާތްތެރިވަނީ-- ސަން ފޮޓޯ/ އިސްމާއިލް ޝަފީއު

ރޯދަ ވީއްލައިގެން ސިނގިރެޓެއް ބޯލަން ޖޯލިފައްޗެއްގައި އިންދާ މެޔަށް ވަޅި ޖަހައި ތުލުސްދޫގައި ރޭ މަރާލި ޝިހާމްގެ ދެ ދަރިންނާއި އަންބަކު ދުނިޔޭގައި އެބަ ހުއްޓެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު