ރިޓަޔާ ކުރުމުގެ ވިސްނުމެއް ނުގެންގުޅެން: ރޮނާލްޑީނިއޯ

ބްރެޒިލް ލެޖެންޑް ރޮނާލްޑީނިއޯ އެތުލެޓިކޯ މިނޭރޯ އަށް ކުޅުން ހުއްޓާލިި ނަމަވެސް ރިޓަޔާ ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އޭނާ ބުނެފި އެވެ.

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި، ބާސެލޯނާ އަދި އޭސީ މިލާނުގައި ގިނަ ކާމިޔާބީތަކެއް ހޯދި އުމުުރުން 34 އަހަރުގެ ރޮނާލްޑީނިއޯ އަކީ ފުޓްބޯޅަ ތާރީހުގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ކުޅުންތެރިއެކެވެ.

އޭސީ މިލާނަށް ކުޅުމަށް ފަހު، 2010 ވަނަ އަހަރު އޭނާ ބްރެޒިލް އަށް އެނބުރި އައިސް ރޮނާލްޑީނިއޯ ފުރަތަމަ ކުޅެން ފެށީ ފްލެމެންގޯ އަށެވެ. އެއަށް ފަހު އެތުލެޓިކޯ މިނޭރޯއާ އެކު ރޮނާލްޑޯނިއޯ ވަނީ އެކްލަބާ އެކު ކޮޕާ ލިބާޓަޑޮރޭސް ކާމިޔާބުކޮށްފަ އެވެ.

"ރިޓްތާކުރުމަކީ އަދި މިވަގުތަށް ވާނެ ކަމެއް ނޫން،" ނޫސްވެރިންނާ ވާހަކަ ދައްކަމުން ރޮނާލްޑީނިއޯ ބުންޏެވެ.

"މިވަގުތު ހުރިހާ ވިސްނުމެއް ވިސްނަމުންދަނީ އަހަރެން ބޭބެ. އަންނަ ހަފްތާއިން ފެށިގެން އަހަރެންގެ ކުރިމަގާއި މެދު ވާހަކަ ދައްކާނަން. މިވަގުތު ހުރިހާ ކަމެއް މަޑުޖައްސާލައިގެން ހުރި ނަމަވެސް، އަހަރެންގެ އެޖެންޓަށް ކެނޑިނޭޅި އެކި ފަރާތްތަކުން ގުޅަމުންދޭ."

ރޮނާލްޑީނިއޯގެ ކާމިޔާބީތަކަށް ބަލައިލާ އިރު، އޭނާ ވަނީ 2004 އަދި 2005 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދައިފަ އެވެ. އޭގެ އިތުރުން އޭނާ ވަނީ ބްރެޒިލްއާއެކު 2002 ވަނަ އަހަރު ދެކުނު ކޮރެއާގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ވެސް ކާމިޔާބުކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު