ފީފާގެ ނައިބު ރައީސް ގްރޮންޑޯނާ އަވަހާރަވެއްޖެ

ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ނައިބު ރައީސް ހޫލިއޯ ހުމްބާޓޯ ގްރޮންޑޯނާ، އުމުރުން 82 އަހަރުގައި އަވަހާރަވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ހިތުގެ މައްސަލައަކާ ގުޅިގެން އިއްޔެގެ ވަގުތެއްގައި ގްރޮންޑޯނާ އެޑްމިޓް ކުރައްވާފައިވާ ކަމަށާއި އޭނާ އަވަހާރަވީ ބަލިހާލުކޮޅު އިތުރަށް ގޯސްވެގެން ކަމަށެވެ.

އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ހިންގުމާއި 35 އަހަރު މުއްދަތަކަށް ގްރޮންޑޯނާ ހަވާލުވެވަޑައިގެންފައިވާ އިރު، އާޖެންޓީނާ ގައުމީ ޓީމުގެ ޓްރެއިނިންގް ދަނޑު އިމާރާތްކުރުމުގައި އެންމެ އިސްކޮށް އުޅުއްވީ އޭނާ އެވެ.

ފީފާގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ގްރޮންޑޯނާ އަކީ އާޖެންޓީނާ ލީގުގައި ވާދަކުރާ އާސެނަލްގެ ޑި ސަރަންޑީގެ ފައުންޑަރު އަދި އެކްލަބުގެ ކުރީގެ ޗެއަމާނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު