އިސްރާއީލުގެ އިތުރު 16000 ސިފައިން ހަނގުރާމައަށް ނެރެފި

ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހިންގަމުން އަންނަ ލޭއޮހޮރުވުމުގައި ބައިވެރިވުމަށް ރިޒާވް ސިފައިންގެ ތެރެއިން އިތުރު 16000 މީހުން ނުކުތުމަށް އެ ގައުމުގެ ސަރުކާރުން އަންގައިފި އެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ މިފަހަރު ނެރޭ 16000 މީހުންނާ އެކު ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ނެރެފައިވާ ސިފައިންގެ އަދަދު 86000 އަށް އަރާނެ ކަމަށެވެ.

އިސްރާއީލުގެ ލަޝްކަރު ވަރުގަދަކޮށްފައި މިވަނީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިއްޔެ ވެސް ނުރައްކާތެރި ހަމަލާތަކެއް ދިނުމަށް ފަހުގަ އެވެ. ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން އެރަށުގައި ހިންގާ ސްކޫލަކަށް ޓޭންކްތަކުން ދިން ހަމަލާތަކާއި ފިހާރަތަކެއް ހުންނަ ސަރަހައްދަކަށް ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 116 މީހުން ޝަހީދުވި އެވެ.

އިސްރާއީލުން އިއްޔެ ޝަހީދު ކުރި މީހުންނާ އެކު މިފަހަރުގެ އުދުވާނުވައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު ވަނީ 1360 އަށް ވުރެ މަތިވެފަ އެވެ. އަދި އިސްރާއީލުގެ 50 ސިފައިން މަރުވެފައިވާ ކަމަށް އެ މީހުން އެގައުމުން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް ހަމާސްގެ އިއްޒުއްދީނުލް ޤައްސާމް ބްރިގޭޑުން އިއްޔެ ބުނެފައި ވަނީ އިސްރާއީލުގެ 110 ސިފައިން މިހާތަނަށް މަރާލާފައިވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު