އެމްޓީސީސީއަށް 30 މިލިއަން ރުފިޔާގެ ފައިދާއެއް

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެމްޓީސީސީއަށް މިއަހަރުގެ ދެ ވަނަ ކުއާޓަރުގައި 30 މިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެއެވެ.

އެމްޓީސީސީއިން މިއަދު އާންމުކޮށްފައިވާ ދެ ވަނަ ކުއާޓާގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 22 މިލިއަން ރުފިޔާ ފައިދާވިއިރު، ދެވަނަ ކުއާޓަރުގައި ވަނީ 30 މިލިއަން ރުފިޔާގެ ފައިދާއެއް ވެފައެވެ.

އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ތިން މަހު އެމްޓީސީސީއިން 182 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. އެގޮތުން އެ ވިޔަފާރިން ޖުމްލަ ފައިދާގެ ގޮތުގައި 35 މިލިއަން ރުފިޔާ ލިބުނެވެ.

އެމްޓިސީސީގެ ޖުމްލަ ރައުސުލްމާލާއި ދަރަނި ހުރީ 666 މިލިއަން ރުފިޔާގައެވެ.

ވަކިވަކި ދާއިރާގެ ވިޔަފާރިތަކަށް ބަލާއިރު ކޮންސްޓަރަކްޝަން ދާއިރާއިން 30 ލައްކަ ރުފިޔާގެ ފައިދާއެއްވެފައިވާއިރު ދަތުރުފަތުގެ ދާއިރާއިން ވަނީ 988,883 ފައިދާއެއްވެފައެވެ. އަދި ރިޕެއަރ އަދި މެއިންޓަނަންސް ޚިދުމަތުން ވަނީ ހަތް ލައްކަ ރުފިޔާގެ ގެއްލުމެއް ވެފައެވެ.

އެ ކުންފުންޏަށް މިދިޔަ ތިން މަހު ލިބުނު ފައިދާއާއެކު ހިއްސާއަކަށް 1.99 ރުފިޔާގެ ފައިދާއެއް ވެފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު