އޮރިގީ ލިވަޕޫލަށް ސޮއިކޮށްފި

ފްރާންސްގެ ލިލްއަށް ކުޅެމުންއައި ބެލްޖިއަމް ފޯވަޑް ޑިވޮކް އޮރިގީ އިނގިރޭސި ކްލަބު ލިވަޕޫލަށް ސޮއިކޮށްފި އެވެ.

ނިމިގެންދިޔަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބެލްޖިއަމް ގައުމީ ޓީމަށް ކުޅުނު އޮރިގީ ލިވަޕޫލަށް ސޮއިކުރީ 12 މިލިޔަން ޔޫރޯގެ އަގަކަށެވެ. އޮރިގީ ލިވަޕޫލަށް ސޮއިކުރި ނަމަވެސް އެ ކްލަބުން ލޯނުގެ ދަށުން އެނބުރި ލިލްއަށް ދޫކުރަން ވަނީ ނިންމައިފަ އެވެ.

"އަހަރެން މިހިރީ ވަރަށް، ވަރަށް އުފާވެފައި. ލިވަޕޫލް ފަދަ ބޮޑު ކްލަބަކުން އަހަރެންނަށް ޝައުގުވެރިވުމުން އުފާކުރަން،" އޮރިގީ ބުންޏެވެ. "މި ކްލަބަކީ ކާމިޔާބު ތާރީހެއް އޮތް، ގިނަ ސަޕޯޓަރުންތަކަކާއި މޮޅެތި ކުޅުންތެރިންތަކެއް ތިބި ކްލަބެއްކަން އަހަރެންނަށް އެނގޭ. އަހަރެން ދެކޭ ގޮތުގައި، ލިވަޕޫލަކީ އެންމެ މޮޅެތި ކްލަބުތަކުގެ ތެރޭގައި ހިމެނޭ ކްލަބެއް."

ލިލްގެ ޔޫތު ޓީމުން ސީނިއާ ޓީމަށް ކުޅެން ފެށި އޮރިގީ ހޯދުމަށް ޓޮޓެންހަމް ހޮޓްސްޕާއިން ވެސް މަސައްކަތް ކޮށްފައި ވެއެވެ. ލިލްގެ ސީނިއާ ޓީމަށް މިހާތަނަށް ކުޅުނު 40 މެޗުން އޭނާ ވަނީ ހަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު