އެސްޓީއޯއަށް 157 މިލިއަން ރުފިޔާގެ ފައިދާއެއް

އެސްޓީއޯއަށް މިއަހަރުގެ ދެ ވަނަ ކުއާޓަރުގައި 157 މިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 132 މިލިއަން ރުފިޔާ ފައިދާވިއިރު، ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ 157 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައެވެ.

މިއަހަރުގެ ކޮންމެ މަހެއްގައި ވެސް އެސްޓީއޯއިން ދަނީ ރެކޯޑް މިންވަރަކަށް ފައިދާ ހޯދަމުންނެވެ.

އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ތިން މަހު އެސްޓީއޯއިން ދެ ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. އެ މުއްދަތުގައި ކުރި ވިޔަފާރިން ފައިދާގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބުނުއިރު، ހިންގުމުގެ ހަރަދުގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެސް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާ ގޮތުން ކުންފުންޏަށް ދެ ވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 180 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެ ކުންފުންޏަށް މިދިޔަ ތިން މަހު ލިބުނު ފައިދާއާއެކު ހިއްސާއަކަށް 140 ރުފިޔާގެ ފައިދާއެއް ވެފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު