ޕިރޭސް އިންޑިއާ ސުޕާ ލީގުގެ ކްލަބަކަށް ކުޅެން ނިންމައިފި

ކުރީގެ އާސެނަލް ތަރި ރޮބާޓް ޕިރޭސް އިންޑިއާ ސުޕާ ލީގުގެ ކްލަބަކަށް ކުޅެން ނިންމައިފި އެވެ.

އަންނަ އޮކްޓޯބަރު މަހު 41 އަހަރު ފުރޭ ޕިރޭސް އިނގިރޭސި ކްލަބު އެސްޓަން ވިލާއަށް 2011 ވަނަ އަހަރުގެ ކުޅުން ހުއްޓާލި ފަހުން، އެއްވެސް ކްލަބަކަށް އޭނާ ކުޅެފައެއް ނުވެއެވެ. ފްރާންސްއާއެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ވިންގާ ޕިރޭސް، އިންޑިއާ ސުޕާ ލީގަށް ކުޅެން ނިންމި ނަމަވެސް، އޭނާ ކުޅޭ ވަކި ކްލަބެއް ހާމަކޮށްފައެއް ނުވެއެވެ.

"އިންޑިއަން ސުުޕާ ލީގަކީ ކާމިޔާބު ލީގަކަށް ވާނެ ކަމުގެ ޔަގީންކަން އެބައޮތް. އެ ލީގުގެ ބައިވެރިއަކަށް ވެވޭތީ އަހަރެން މިހިރީ ވަރަށް ހިތްހަމަޖެހިފައި،" ޕިރޭސްގެ ޓްވިޓާ އެކައުންޓްގައި އޭނާ ލިޔެފައި ވެއެވެ.

ޕިރޭސްގެ އިތުރުން މި ލީގަށް ސްޕެއިންގެ ކުރީގެ ދެ ތަރިން ކަމަށްވާ ލުއިސް ގާސިއާ އާއި ޔޮއާން ކެޕްޑެވިޔާ ވެސް ކުޅޭނެ އެވެ.

ޖުމްލަ އަށް ޓީމު ވާދަކުރާ އެ ލީގު ފަށާނީ އަންނަ އޮކްޓޯބަރު މަހު އެވެ. އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކުޅޭ މި މުބާރާތަކީ އިންޑިއާގައި ފުޓްބޯޅަ ކުރިއެރުވުމުގެ މަގްސަދުގައި ކުރިއަށްދާ މުބާރާތެކެވެ. އަދި މި މުބާރާތަކީ ޕްރޮމޯޝަން ނުވަތަ ރެލިގޭޝަން ސިސްޓަމަށް ކުރިއަށްދާ މުބާރާތެއް ނޫނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު