ގަހަކުން ވެއްޓި ފުވައްމުލަކުގައި މީހަކު މަރުވެއްޖެ

ގަހަކުން ވެއްޓި ފުވަމުލަކުގައި މީހަކު މަރުވެއްޖެ އެވެ. ފުވައްމުލަކު ކައުންސިލުން ބުނީ މިއަދު ހެނދުނު ދަނބު ގަހަކުން ވެއްޓި މަރުވެފައި ވަނީ އެރަށު ފުނާޑުއަވަށު، ހިރިގާ، ފަރީދު އަހްމަދު، 26، ކަމަށެވެ.

އޭނާ މަރުވެފައި ވަނީ ކުރީގެ ހޮސްޕިޓަލު ހުރި ގޯތި ތެރޭގައި ހުރި ދަނބުގަހަކުން ދަނބު ބިންނަން އަރައިގެން އުޅެނިކޮން ކަމަށް އެ ކައުންސިލުން ބުންޏެވެ.

އަދި އެ މީހާ މަރުވީ ގަހުން ވެއްޓުމާ ގުޅިގެން ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަތާ ގާތްގަނޑަކަށް 40 މިނެޓް ފަހުން ކަމަށް ވެސް ކައުންސިލުން ބުންޏެވެ. ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގަހުން ވެއްޓުމުން އެ މީހާ އަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ.

ނަމަވެސް ފުވަމުލަކު ހޮސްޕިޓަލުގައި އިންފޮމޭޝަން އޮފިސަރެއް ނެތުމުން ހޮސްޕިޓަލުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު