25 މިލިއަން ޔޫރޯގެ އަގަކަށް ގްރީޒްމަން އެތުލެޓިކޯއަށް ސޮއިކޮށްފި

ރެއާލް ސޮސިއެޑާޑްގެ ފްރާންސް ވިންގާ އެންޓޯއިން ގްރީޒްމަން 25 މިލިއަން ޔޫރޯގެ އަގަކަށް އެތުލެޓިކޯ މެޑްރިޑަށް ސޮއިކޮށްފި އެވެ.

މިދިޔަ ސީޒަން ނިމުމާއެކު އެތުލެޓިކޯއިން ވަނީ މި މަހު ނިމިގެންދިޔަ ވޯލްޑް ކަޕު ފުޓްބޯޅަ މުބާރާތުގައި ފްރާންސް ގައުމީ ޓީމަށް ކުޅުނު ގްރީޒްމަން ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.

"އެންޓޯއިން ގްރީޒްމަންގެ ޓްރާންސްފާގައި އެތުލެޓިކޯ މެޑްރިޑާއި ރެއާލް ސޮސިއެޑާޑްއާ ދެމެދު އެއްބަސްވުމަކާ ހަމައަށް އާދެވިއްޖެ،" އެތުލެޓިކޯއިން ނެރުނު ބަޔާނަކުން ބުންޏެވެ.

އުމުރުން 23 އަހަރުގެ ވިންގާ، ސޮސިއެޑާޑްއަށް ކުޅެން ފެށީ އެ ކްލަބުގެ ޔޫތު އެކަޑަމީގައި ތަމްރީނުތަކެއް ފުރިހަމަ ކުރުމަށް ފަހު އެވެ. ސޮސިއެޑާޑްގެ ޔޫތު ޓީމަށް ކުޅުމަށް ފަހު، އެ ޓީމުގެ ސީނިއާ ޓީމަށް ގްރީޒްމަން ކުޅެން ފެށީ 2009 ވަނަ އަހަރު އެވެ.

ގްރީޒްމަން ހޯދުމަށް އެތުލެޓިކޯގެ އިތުރުން އާސެނަލް އާއި ޓޮޓެންހަމް ހޮޓްސްޕާ އަދި މޮނާކޯއިން ވެސް ވަނީ މަސައްކަތްކޮށްފަ އެވެ. ގްރީޒްމަންއަކީ އަންނަ ސީޒަނަށް އެތުލެޓިކޯ ވަރުގަދަ ކުރުމަށް އެ ކްލަބުން ހޯދި ހަތަރުވަނަ ކުޅުންތެރިޔާ އެވެ. ކުރިން އެތުލެޓިކޯއިން ހޯދި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މިގެލް މޯޔާ އާއި ޔޭން އޮބްލަކް އަދި މާރިއޯ މަންޒޫކިޗް އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު