ޗެލްސީގެ ހުށަހެޅުން މޮޑްރިޗް ވަނީ ދޫކޮށްލާފައި: މޮރީނިއޯ

އިނގިރޭސި ކްލަބު ޗެލްސީ އިން، ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅޭ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، ޗެލްސީގެ ހުށަހެޅުން އޭނާ ދޫކޮށްލާފައި ވާ ކަމަށް އެ ކްލަބުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އުމުރުން 28 އަހަރުގެ މިޑްފީލްޑަރު 2012 ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާ އިން މެޑްރިޑާ ގުޅުނު އިރު، އޭނާ ވަނީ އެއް ސީޒަނުގައި މޮރީނިއޯއާ އެކު މަސައްކަތްކޮށްފަ އެވެ.

"އަހަރެން އޭނާއަށް ގުޅައި ޗެލްސީއަށް ގުޅުމަށް އެދުނިން،" ކޮރޮއޭޝިއާގެ 'ސްޕީސްޓްކޭ ނޮވޮސްޓީ' ނޫހަށް ދިން އިންޓަވިއުއެއްގައި މެޑްރިޑްގެ ކުރީގެ ކޯޗު މޮރީނިއޯ ބުންޏެވެ. "މޮޑްރިޗްގެ ފެންވަރު އަހަރެން ބަލައިގަންނަން. އޭނާގެ ނިންމުމަކީ ރެއާލް މެޑްރިޑުގައި މަޑުކުރުން."

މިދިޔަ ސީޒަނުގައި މޮޑްރިޗް ވަނީ މެޑްރިޑަށް 49 މެޗު ކުޅެ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މެޑްރިޑުން މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިރު، އެ ޓީމުގެ މެދުތެރޭގައި މޮޑްރިޗް ވަނީ އިސް ދައުރެއް އަދާކޮށްފަ އެވެ.

ޗެލްސީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުން ވެސް ވަނީ މޮޑްރިޗް ހޯދުމަށް މަސައްކަތްކޮށްފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު