ޣައްޒާއަށް އެހީވުމަށް ދިވެހި މީޑީއާތައް ގުޅިގެން ޓެލެތޯނެއް ބާއްވަނީ

އިސްރާއީލުން ޣައްޒާގައި ހިންގަމުންގެންދާ ލާއިންސާނީ އުދުވާނުގައި ގެއްލުންލިބެމުންދާ ޣައްޒާގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން، ރާއްޖާގެ މީޑިއާތައް ގުޅިގެން "ހެލްޕްގާޒާ"ގެ ނަމުގައި ހާއްސަ ޓެލެތޯން އެއް ބާއްވަން ނިންނަމައިފި އެވެ.

ރާއްޖޭގެ ބްރޯޑްކާސްޓަރުންގެ ލޮބީ ގްރޫޕުން އިސްނަގައިގެން މިއަދު ހަވީރު އެމްބީސީގައި ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ، އެ ޓެލެތޯން އަންނަ ހުކުރު ދުވަހުގެ މެންދުރު 2:30 އިން ފެށިގެން ހޮނިހިރު ދުވަހުގެ ރޭ މެންދަމު 12:00އަށް ކުރިއަށް ގެންދިއުމަށެވެ.

މިއަދުގެ އެ ބައްދަލުވުމުގައި ޓެލެތޯން ކުރިއަށް ގެންދާނޭ ގޮތާއި، އަދި އެކަން ކުރިއަށް ގެންދިއުމުގައި ހަރަތާކްތެރިވާނޭ ކޮމެޓީތައް ވެސް ވަނީ އެކުލަވާލައިފައެވެ.

"ހެލްޕްގާޒާ"ގެ ނަމުގައި ކުރިއަށް ގެންދާ މި ޓެލެތޯންގެ ހޭޝް ޓެގެއްގެ ގޮތުގައި ބޭނުން ކުރާނީ، HelpGazaMv# އެެވެ. އަދި ޓެގްލައިނެއްގެ ގޮތުގައި ބޭނުންކުރާން ނިންމާފައި ވަނީ "މަވެސް އެހީވާނަން" އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު