ސައިބީރިއާ އިން އަނެއްކާ ވެސް ބޮޑެތި ވަޅުގަނޑުތަކެއް ފެނިއްޖެ

ރަޝިޔާގެ ސައިބީރިއާ ސަރަހައްދުން މިމަހުގެ 16 ވަނަ ދުވަހު އާދަޔާ ހިލާފު ބޮޑު ވަޅުގަނޑެއް ފެނުނެވެ. ފުޅާމިނުގައި 80 މީޓަރު ހުރި އެވަޅުގަނޑު އުފެދުނު ގޮތެއް ސައިންސްވެރިންނަށް އަދި ވަނީ ކަށަވަރު ނުކުރެވި އެވެ. އެކަން އެހެން އޮއްވައި ހަމަ އެސަރަހައްދުން ހަމަ އެފަދަ އިތުރު ދެވަޅުގަނޑު މިހާރު ވަނީ ފެނިފަ އެވެ.

ސައިބީރިއާގެ ނޫހެއް ކަމަށްވާ ސައިބީރިއަން ޓައިމްސް ނޫހުން އިއްޔެ ބުނީ އިތުރު ދެވަޅުގަނޑު ފެނުނީ ޔަމާލް ޕެނިންސިއުލާގައި އުޅޭ ފުއްލާ ހުއިހައްޕާ ބަޔަކަށް ކަމަށެވެ.
ސައިބީރިއާގެ އަވަށެއް ކަމަށްވާ ނޮސޮކް އިން ފެނުނު ވަޅުގަނޑު ---

ފަހުން ފެނުނު ދެވަޅުގަނޑުގެ ވެސް ޑައިމީޓަރުގައި 15 މީޓަރު ހުރި ކަމަށް އެނޫހުން ބުންޏެވެ.

ސައިބީރިއާގެ ވަޅުގަނޑުތައް އުފެދުނު ގޮތެއް ކަށަވަރުކޮށް ބުނަން ސައިންސްވެރިންނަށް އަދި ނޭނގުނު ނަމަވެސް އެވަޅުގަނޑުތަކާ ބެހޭ ގޮތުން އެސަރަހައްދުގެ މީހުން ދެތިން ގޮތަކަށް އެވާހަކަ ދައްކަ އެވެ. އެއްގޮތަކީ އެސަރައްދުގެ މިބުގެ އަޑީގައިވާ މީތޭން ގޭހުގެ ސަބަބުން ގޮވި ބާރުގަދަ ގޮވުމެއްގެ ސަބަބުން ވަޅުގަނޑުތައް އުފެދުމެވެ. އަނެއް ގޮތަކީ ގޮތް މިސައިލްތަކެއް އަރައިގެން އެކަން ވުމެވެ. އަދި އަނެއް ގޮތަކީ އޭލިއަން ހަމަލާއެއްގައި އެކަން ވުމެވެ.
ސައިބީރިއާ އިން ވަޅުގަނޑުތައް ފެނިފައިވާ ސަރަހައްދުތައް ---

ވަޅުގަނޑުތަކާ ބެހޭ ގޮތުން އެސަރަހައްދުގެ މީހުން އެންމެ ބޮޑަށް ގަބޫލުކުރަނީ ފުރަތަމަ ތިއަރީ އެވެ. އެއީ ގޭހުގެ ސަބަބުން ގޮވި ގޮވުމެއްގެ ސަބަބުން ވަޅުގަނޑުތައް އުފެދުމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު