ހައްޖު ކޯޕަރޭޝަންގެ ފަރާތުން އުމްރާ އަށް ދިޔަ މީހުން ރާއްޖެ އަތުވެއްޖެ

ހައްޖު ކޯޕަރޭޝަންގެ ފަރާތުން އުމްރާ އަށް ދިޔަ 50 މީހުން މިއަދު ހެނދުނު މާލެ އަތުވެއްޖެ އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް މިއަދު ސަން އަށް ވިދާޅުވީ އެ ކޯޕަރޭޝަނުގެ ފަރާތުން މިދިޔަ ރޯދަ މަހުގެ އުމްރާގެ މާތް އަޅުކަމަށް ދިޔަ 50 މީހުން މާލެ އައިސްފައި ވަނީ މިއަދު ހެނދުނު 8:00 ޖަހާއެހާކަންހާއިރު ކަމަށެވެ.

އެ ކޯޕަރޭޝަންގެ ފަރާތުން އުމްރާ އަށް ދިޔަ ފަރާތަކުން މައްކާގައި އުޅެފައި ވަނީ މި މަހުގެ 14 އިން 28 އަށެވެ.

އެ ކޯޕަރޭޝަންގެ ފަރާތުން އުމްރާ އަށް ދިޔަ 50 މީހުންގެ ތެރޭގައި ހިމެނެނީ 16 އަންހެނުންނާއި 34 ފިރިހެނުން ނެވެ. ތިރީސް ހަތަރު ފިރިހެނުންގެ ތެރެއިން ހަތް މީހުންނަކީ އެހީތެރިންނެވެ. ހައްޖު ކޯޕަރޭޝަނުން އުމްރާ އަށް މީހަކު ގެންގޮސްފައި ވަނީ 34،850 ރުފިޔާގެ ޕެކޭޖެއްގެ ތެރެއިންނެވެ.

ހައްޖު ކޯޕަރޭޝަނުން އުމްރާ އަށް ދިޔަ ފަރާތްތަކުން ތިބެފައި ވަނީ މައްކާގެ ބަރަކާ ހޮޓަލުގަ އެވެ. އެ ހޮޓަލުން ހިނގާލާފައި ފަސް މިނެޓް ތެރޭ ކައުބާ އަށް ދެވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު