ހަތަރު ވަނަ ފަހަރަށް ނިޝްވާން ފެތުމުގެ ގައުމީ ރެކޯޑެއް މުގުރާލައިފި

ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ފެތުންތެރިޔާ ނިޝްވާން އިބްރާހިމް ހަތަރު ވަނަ ފަހަރަށް ފެތުމުގެ ގައުމީ ރެކޯޑެއް މުގުރާލައިފި އެވެ.

ކޮމަންވެލްތު ގޭމްސްގެ ފަސް ވަނަ ދުވަހުގެ އިވެންޓްތައް މިއަދު ކުރިއަށްދިޔަ އިރު، ނިޝްވާން ގައުމީ ރެކޯޑެއް މުގުރާލީ އޭނާ ވާދަކުރި 50 މީޓަރު ފްރީ ސްޓައިލް އިވެންޓްގަ އެވެ.

ކޮމަންވެލްތު ގޭމްސްގެ ފެތުމުގެ 50 މީޓަރު ފްރީ ސްޓައިލް އިވެންޓުގައި ނިޝްވާން ވަނީ 26.40 ސިކުންތުން ރޭސް ނިންމާލާފަ އެވެ. އޭނާ މުގުރާލި ރެކޯޑު ކުރިން އޮންނަނީ ހަސަން އިނާޔަތު އަތުގަ އެވެ. އެ ރެކޯޑު އިނާޔަތުގެ ހޯދީ 2010 ވަނަ އަހަރު އެވެ. އެ ފަހަރު އޭނާ ރޭސް ނިންމާލީ 27.21 ސިކުންތުންނެވެ.

މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި 50 މީޓަރު ފްރީ ސްޓައިލް އިވެންޓުން ހެދި އެ ގައުމީ ރެކޯޑަކީ މި މުބާރާތުގައި ނިޝްވާން މުގުރާލި ހަތަރު ވަނަ ގައުމީ ރެކޯޑެވެ. މި މުބާރާތުގައި ކުރިން އޭނާ މުގުރާލީ 200 މީޓަރުގެ ފްރީ ސްޓައިލް އެވެންޓާއި 50 މީޓަރު ބަޓަފްލައި އިވެންޓް އަދި 100 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު