ދަރަވަންދޫ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯވެ އަނދައިފި

ބ. ދަރަވަންދޫ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯވެ ބޭނުންނުކުރެވޭ ވަރަށް އަނދައިފި އެވެ.

ދަރަވަންދޫ ކައުންސިލްގެ ރައީސް ހުސައިން ނާޒިމް މިރޭ 'ސަން'އަށް ވިދާޅުވީ އެރަށު ފަޅުގައި އޮތް ޑައިވިން ސްކޫލެއްގެ ލޯންޗުގައި ރޯވެފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.

އޭނާ ވިދާޅުވީ އަލިފާން ރޯވިތާ ގިނައިރުތަކެއް ނުވަނީސް ދަރަވަންދޫ އެއާޕޯޓުގެ ފަޔާއެންޑް ރެސްކިއު ޓީމުން އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އަލިފާންގަނޑު ނިއްވާލާފައި ވަނިކޮށް މިއަދު އިރުއޮއްސި 6:45 އެހައިކަށްހާއިރު ދެވަނަ ފަހަރަށް އޭގައި ރޯވެފައިވާ ކަމަށާއި ބެލެވޭގޮތުގައި އެ ލޯންޗުގައި ރޯވެފައި ވަނީ ކަރަންޓު ޝޯޓެއް ވެގެން ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު