އިންސާނީ ތަރައްގީގެ ލިސްޓުގައި ރާއްޖެ 103 ވަނައިގައި

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ ދަށުން ނެރޭ ހިއުމަން ޑެވެލޮޕްމަންޓް ރިޕޯޓް 2014 ގައި ދިވެހިރާއްޖެ 103 ގައި ދަރަޖަކޮށްފި އެވެ.

މީގެ ކުރިން 2012 ވަނަ އަހަރު ވެސް ރާއްޖެ ދަރަޖަކޮށްފައި ވަނީ 103 ގަ އެވެ.

މި އަހަރުގެ ރިޕޯޓުން ދައްކާ ގޮތުގައި މެދު ފަންތީގައި އިންސާނީ ހައްގުތައް ފޯރުވައިދޭ ގައުމުތަކުގެ ލިސްޓުގައި އެންމެ ކުރީގައި އުޅެނީ ރާއްޖެ އެވެ.

ޔޫއެންޑީޕީގެ ރިޕޯޓުން ދައްކާ ގޮތުގައި 2008-2013 އާދެމެދުގައި ރާއްޖެ ވަނީ އެއް ދަރަޖައިގެ ކުރިއެރުމެއް ވަނީ ހޯދައިފަ އެވެ. އަދި 2000-2013 އަށް ބަލާއިރު ރާއްޖެ ވަނީ 1.19 ގެ ކުރިއެރުމެއް ހޯދައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު