ކުލަބް ފެން އާއި އެމްޕީއެލް މޮޅުވެއްޖެ

ޕިލިޕްސް ކޮމްޕެނީ ޓޭޕްބޯލް ކްރިކެޓް މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗްތަކުން ކުލަބް ފެން އާއި އެމްޕީއެލް ޓީމް މޮޅުވެއްޖެ އެވެ.

މިއަދުގެ ފުރަތަމަ އައިލޭންޑް އޭވިއޭސަންއާ ބައްދަލުކޮށް ކްލަބް ފެން ކާމިޔާބުކުރީ ހަތަރު ވިކެޓުންނެވެ. ދެވަނަ މެޗް ޓީޓީއެސް މޯލްޑިވްސްއާ ބައްދަލުކޮށް އެމްޕީއެލް ކާމިޔާބުކުރީ ފަސް ލަނޑުންނެވެ.

ފުރަތަމަ މެޗް ޓޮސް ދިމާވުމުން އައިލޭންޑް އޭވިއޭސަން ގަސްދުކުރީ ކުޅުމަށެވެ. ކުޅެން އަރާ އަށް އޯވަރުގެތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 71 ލަނޑުހެދި އެވެ.

މިއަދުގެ ދެވަނަ މެޗް ޓޮސް ދިމާވުމުން އެމްޕީއެލްް ކުޅެންއަރާ އަށް އޯވަރުގެތެރޭގައި ދެ ކުޅުންތެރިން ނުބައައިވެގެން 127 ލަނޑު ހެދި އެވެ. މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ 33 ލަނޑުހެދި އަހްމަދު ޔާސީން އެވެ.

މުބާރާތުގައި މާދަމާ ހަވީރު ވެސް ދެމެޗް ކުޅުމަށް ހަމަޖެހިފައިވާ އިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ އެސްޓީއޯ އާއި އެޓޯ ހައިޑްއަވޭގެ ޓީމްއެވެ. އަދި ދެވަަނަ މެޗްގައި ބައްދަލުކުރާނީ އެމް ޕީއެލްއާއި ޓީޓީއެސް މޯލްޑިވްސް އެވެ.

ކުޅުން ކުރިއައްދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު