އޭޑީކޭ ނާޝިދުގެ ބައްޕަ އަވަހާރަވެއްޖެ

އޭޑީކޭ ހޮސްޕިޓަލްގެ ވެރިޔާ އަހުމަދު ނާޝިދުގެ ބައްޕަ އަބްދުއްރަހްމާން ދޮންކަލޭފާނު އުމުރުން 94 އަހަރުގައި މިރޭ އަވަހާރަވެއްޖެ އެވެ. އޭޑީކޭ ހޮސްޕިޓަލް ނުވަތަ އަބްދުއްރަހްމާން ދޮންކަލޭފާނު ހޮސްޕިޓަލަކީ، ދޮންކަލޭފާނުގެ ނަމުން ނަން ދީފައިވާ ހޮސްޕިޓަލެކެވެ. އޭޑީކޭގެ ސްޕޯކްސްޕާސަން އަހުމަދު އައްފާލް މިރޭ ސަން އަށް ވިދާޅުވީ ދޮންކަލޭފާނު އަވަހާރަވީ އޭނާގެ ގެ މ. ފާތުމަތު ހިޔާގައި ކަމަށެވެ. "މިރޭ އިޝާ ނަމާދަށް ފަހު ގޭގައި އުޅުއްވަނިކޮށް އަވަހާރަވީ. ބަލިކޮށް އުޅުއްވާތާ ދުވަސްކޮޅެއް ފަހުން މިރޭ އެ އަވަހާރަވީ،" އޭނާ ވިދާޅުވި އެވެ. ދޮންކަލޭފާނުގެ މޫނު ދެއްކުން މިރޭ 10:30 އިން ފެށިގެން އާ ސަހަރާގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކަށުނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ ފަތިސް ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.

comment ކޮމެންޓް