ގާޒީ ބާރީގެ މައްޗަށް ހުށަހެޅި މައްސަލަ ސާބިތުނުވާ ކަމަށް ޖޭއެސްސީން ނިންމައިފި

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފްގެ މައްޗަށް ތުހުމަތުކުރެވި ހުށަހެޅިފައިވާ ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޮމިޝަނުން ނިންމައިފިއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ޖޭއެސްސީ އަށް ހުށަހެޅުނު އެ މައްސަލަ ބަލައި ނިންމުމަށްފަހު އެ ކޮމިޝަނުން މިރޭ އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ އެގޮތަށް ނިންމާފައި ވަނީ ބާރީގެ މައްޗަށް ކުރެވޭ ތުހުމަތުގެ މައްޗަށް އެކަށީގެންވާ މިންވަރަށް ކާފީހެކި ލިބިފައި ނެތުމުން ކަމަށެވެ.

އެ މައްސަލަ ބަލަމުންދާތީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު ދުވަހުން ފެށިގެން މިހާތަނަށް އޭނާ ހުންނެވީ ސަސްޕެންޝަންގަ އެވެ.

ޖޭއެސްސީން ބުނީ ގާޒީ ބާރީ ވަގުތީގޮތުން ވަޒީފާއަށް ނުނިކުމެ މަޑުކުރެއްވުމަށް ކޮމިޝަނުން ކުރިން ނިންމަވާފައިވާ ނިންމުން، ނިމުމަކަށް ގެނެސް އަލުން ވަޒީފާއަށް ނިކުންނެވުމަށް، ބާރީއަށް ދެންނެވުމަށްވެސް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު