ގެއްލުނު މަތިންދާ ބޯޓް ވަނީ ވެއްޓިފައި: އަލްޖީރިއާ

މިއަދު ހެނދުނު ގެއްލުނު އަލްޖީރިއާ އެއާލައިންގެ މަތިންދާބޯޓް އޭއެޗް 5017 ވަނީ ވެއްޓިފައި ކަމަށް އަލްޖީރިއާ ސަރުކާރުގެ "ނަން ހާމަ ނުކުރާ" އޮފިޝަލަކު ބުނެފި އެވެ.

ރޮއިޓާސް އަށް މައުލޫމާތު ދިން އެ އޮފިޝަލް ބުނެފައި ވަނީ މަތިންދާ ބޯޓް ވެއްޓިފައިވާކަން ކަށަވަރު ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް އޭނާ ނުދެ އެވެ.

ބުރްކިނާފާސޯގެ އޮގަދޫގޫ އިން ފުރައިގެން އަލްޖީރިއާގެ ވެރިރަށް އަލްޖިއާސް އަށް ދަތުރު ކުރި އެ ބޯޓްގެ މިސްރާބު ބަދަލުކުރަން އެންގި ކަމަށް ބުރްކިނާފާސޯ ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ގައުމުގެ ޓްރާންސްޕޯޓް ޖީން ބާޓިން އޫޑްރޭގޯ ވިދާޅުވެފައި ވަނީ ބޯޓް ދަތުރު ކުރި މަގުގައި ތޫފާނެއް އުޅޭތީ މިސްރާބު ބަދަލުކުރަން އެންގި ކަަމަށެވެ.

އޭއެޗް 5017 ގެއްލުނުއިރު ފަޅުވެރިންނާއެކު 116 މީހުން އެ ބޯޓުން ދަތުރުކުރި އެވެ. އެއާ އަލްޖީރިއާއިން ބުނެފައި ވަނީ ބޯޓުން ދަތުރު ކުރި މީހުންގެ ދެބައިކުޅަ އެއްބަޔަކީ ފަރަންސޭސިވިލާތުގެ ރައްޔިތުން ކަމަށެވެ.

ގެއްުލުނު ބޯޓަކީ ސްޕެއިންގެ ސްވިފްޓް އެއާ އިން ޗާޓަރު ފްލައިޓެއްގެ ގޮތުގައި ކުއްޔަށް ހިފާފައިވާ އެމްޑީ 83 މަރުކާގެ ބޯޓެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު