މި އަހަރު ބީޕީޓީގެ ފުރަތަމަ އިންޓެރިމް ޕޭމަންޓް ދެއްކުމުގެ ސުންގަޑި ބަދަލުކޮށްފި

ކޮންމެ އަހަރެއްގެ ވެސް ބީޕީޓީ ދެއްކުމުގެ ސުންގަޑި ކަމަށްވާ 31 ޖުލައި މި އަހަރުގެ އީދު ޗުއްޓީއާ ދިމާވާތީ ބީޕީޓީ ދެއްކުމުގެ ސުންގަޑި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބަދަލުކޮށްފި އެވެ.

މީރާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވިޔަފާރީގެ ފައިދާ އިން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން 2014 ވަނަ އަހަރު ޓެކްސްގެ ފުރަތަމަ އިންޓެރިމް ޕޭމަންޓާއި އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށައަޅަންޖެހޭ އެންމެ ފަހު ތާރީހަކީ 3 އޮގަސްޓް 2014 ކަމަށް މީރާ އިން މިހާރު ނިންމާފައިވާ ކަމަށެވެ.

ސަބަބަކީ ކުރިން ސުންގަޑިކަމުގައި އޮތް 31 ޖުލައި ދިމާވަނީ އީދު ޗުއްޓީ އަށް ވުމުން ކަމަށާއި އެ ބަދަލާ އެކު ޓެކްސް ދައްކާ ފަރާތްތަކުން އޮގަސްޓް މަހުގެ ތިނެއްގެ ކުރިން ފައިސާ ދައްކައި އިންޓެރިމް ޕޭމަންޓް ސެޓޭޓްމަންޓް ހުށައެޅުމަށް މީރާ އިން އިލްތިމާސް ކުރެ އެވެ.

އޭގެ އިތުރުން ޖޫން 2014 އަދި 2014 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ޖީއެސްޓީ ބަޔާން ހުށައަޅައި ފައިސާ ދެއްކުމުގެ ސުންގަޑިކަމުގައިވާ 28 ޖުލައި 2014 ވެސް އީދު ބަންދާ ދިމާވާތީ އެ ސުންގަޑިއަކީ ވެސް 3 އޮގަސްޓް 2014 ކަމަށް މިހާރު ނިންމާފައިވާ ކަމަށް މީރާ އިން މައުލޫމާތުދެ އެވެ.

މީރާ އިން ބުނީ 27 ޖުލައި 2014 އިން ފެށިގެން އޮގަސްޓް މަހުގެ ދެވަނަ ދުވަހާ ހަމައަށް މީރާ ބަންދުވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު