އަލްޖީރިއާގެ މަތިންދާބޯޓެއް 116 މީހުންނާ އެކު ގެއްލިއްޖެ

އަލްޖީރިއާގެ ގައުމީ އެއާލައިން، އެއާ އަލްޖީރިއާ އިން އޮޕަރޭޓްކުރާ މަތިންދާބޯޓެއް 116 މީހުންނާ އެކު މިއަދު ގެއްލިއްޖެ އެވެ.

އަލްޖީރިއާގެ ސްޓޭޓް މީޑިއާއާ ހަވާލާދީ ބީބީސީ ބުނީ ރާޑަރަށް ގެއްލުނު އޭއެޗް 5017 ރާޑަރަށް ގެއްލުނު އިރު އެބޯޓް ދަތުރުކުރަމުން ދިޔައީ އޮގަދޫގޫ ނަމަކަށް ކިޔާ ރަށުން ފުރައިގެން ވެރިރަށް އަލްޖިއާސް އަށް ކަމަށެވެ. އަދި ބުނީ 110 ޕަސިންޖަރުންނާއި ހަ ފަޅުވެރިން އެބޯޓުން ދަތުރުކުރި ކަމަށެވެ.

މަތިންދާބޯޓް ރާޑަރަށް ގެއްލުމުން އަލްޖީރިއާ އިން ވަނީ އިމަޖެންސީ މަތިންދާބޯޓެއް މިހާރު ފޮނުވާފައި ކަމަށް އެއާ އަލްޖީރިއާއިން ވަނީ ބުނެފަ އެވެ.

ރާޑަރަށް ގެއްލުނު މަތިންދާބޯޓަކީ ސްޕެއިންގެ ސްވިފްޓް އެއާއިން ޗާޓަރުކޮށްފައިވާ ބޯޓެކެވެ. ސްވިފްޓް އެއާ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ގެއްލުނު ބޯޓަކީ އެމްޑީ83 މަރުކާގެ ބޯޓެއް ކަމަށެވެ. އަދި އެބޯޓް އަލްޖިއާސް އަށް ޖައްސަން ހަމަޖެހިފައި އޮތީ އަލްޖީރިއާ ގަޑިން ހެނދުނު 5.10 ކަމަށެވެ.
އަލްޖީރިއާ ގަޑިން މިހާރު ވަނީ ހެނދުނު 11 ޖަހައި ބޮޑުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު