އައްޑުއާއި ފުވައްމުލަކުން ފުލުހުންނަށް ހުށަހެޅި މައްސަލަތައް 37 ޕަސެންޓް ދަށްވެއްޖެ

މި އަހަރު ރޯދަ މަހުގެ ފުރަތަމަ ތިން ހަފްތާ ތެރޭގައި އައްޑޫ ސިޓީ އަދި ފުވައްމުލަކުން ޕޮލިސްޓޭޝަނަށް ހުށަހެޅި މައްސަލަތައް 2013 ވަނަ އަހަރުގެ ރޯދަ މަހުގެ އެ މުއްދަތާ އަޅާ ބަލާ އިރު 37 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އައްޑޫ ސިޓީގެ އެކި އަވަށްތަކުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ތިން ހަފްތާ ތެރޭގައި ހުށަހަޅާފައި ވަނީ 48 މައްސަލަ ކަމަށާއި ނަމަވެސް ވޭތުވެ ދިޔަ އަހަރުގެ މިމުއްދަތުގެ ތެރޭގައި އައްޑު ސިޓީގެ އަވަށްތަކުން 69 މައްސަލަ ހުށައަޅާފައިވާ ކަމަށެވެ.

އޭގެ އިތުރުން ފުވައްމުލަކު ޕޮލިސްޓޭޝަނަށް މި އަހަރު ރޯދަ މަހުގެ ފުރަތަމަ ތިން ހަފްތާގެ ތެރޭގައި ހުށައަޅާފައި ވަނީ 21 މައްސަލައެއް ކަމަށާއި ނަމަވެސް ވޭތުވެ ދިޔަ އަހަރު ފުއައްމުލަކު ޕޮލިސްޓޭޝަނަށް އެ މުއްދަތުގެ ތެރޭގައި ހުށައަޅާފައި ވަނީ 41 މައްސަލައެއް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މި އަހަރުގެ ރަމަޟާން މަހު އައްޑޫ ސިޓީ އަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ޓްރެފިކް މައްސަލަތައް ވެސް މަދު ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު