އީގަލްސް އާއި ވިކްޓަރީ ކުޅޭ މެޗު ފަސްކޮށްފި

ދިރާގް ދިވެހި ލީގުގައި އީގަލްސް އާއި ވިކްޓަރީ މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗް ފަސްކޮށްފި އެވެ.

އެފްއޭއެމް އިން ބުނީ، ލީގުގެ ފުރަތަމަ މުބުރުގައި މިރޭ އީގަލްސް އާއި ވިކްޓަރީ ދެން ކުޅޭ މެޗް އޮންނާނީ މާދަމާ ރޭ 10:00ގައި ކަމަށެވެ.

މާދަމާ ރޭގެ މެޗަށް މި ދެ ޓީމް ނުކުންނަ އިރު އީގަލްސް އޮތީ ނުވަ ޕޮއިންޓާ އެކު ލީގުގެ ތިން ވަނަ މަގާމުގަ އެވެ. އަދި ވިކްޓަރީ އޮތީ ހަތް ޕޮއިންޓާ އެކު ހަތަރު ވަނަ މަގާމުގަ އެވެ. ލީގުގެ އެއް ވަނަ މަގާމް ގައި 15 ޕޮއިންޓާް އެކު ނިއު އޮތް އިރު ދެ ވަނަ މަގާމްގައި 13 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ.

ލީގުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ 10:00ގައި ބައްދަލުކުރާ ދެ ޓީމަކީ ވެލެންސިއާ އާއި މަހިބަދޫ ސްޕޯޓްސް ކުލަބެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު