ބޯޖާން ސްޓޯކް ސިޓީއަށް ސޮއި ކޮށްފި

ބާސެލޯނާއަށް ކުޅޭ ސްޕެއިންގެ ފޯވާޑް ބޯޖާން ކިރްކިޗް ހަތަރު އަހަރުގެ އެއް ބަސް ވުމެއްގެ ދަށުން ސްޓޯކް ސިޓީ އަށް ސޮއިކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބޯޖާން ސްޓޯކް ސިޓީއާ ގުޅުނުއިރު، އޭނާ ހޯދުމަށް އިންގިރޭސި ޕްރިމިއާ ލީގުގެ ވަރުގަދަ ދެތިން ކުލަބަކުން ވަނީ މަސައްކަތް ކޮށްފައެވެ. އޭނގެ ތެރޭގައި ލިވަޕޫޅައި އާސެނަލް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 23 އަހަރުގެ ބޯޖާން ސްޓޯކް ސިޓީ އާއި ގުޅިފައިވަނީ 10 މިލިއަން ޔޫރޯގެ ފީއަކަށެވެ.

ސްޓޯކް ސިޓީއަށް ބޯޖާން ސޮއި ކުރުމަށްފަހު މީޑިއާތަކަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ، ކުލަބްގެ ހުށަހެޅުންތަކާ މެދު ހިތް ހަމަޖެހޭ ކަމަށާއި އެ ކުލަބަށް ކާމިޔާބު ހޯދައިދިނުމަށް އަބަދުވެސް މަސައްކަތް ކުރާނަން ކަމަށެވެ.

އުމުރުން 17 އަހަރުގައި ބާސެލޯނާގެ ސީނިއާ ޓީމަށް މެޗެއް ކުޅެފައިވާ ބޯޖާން ވަނީ ލޯން އެއްބަސްވުމުގެ ދަށުން ރޯމާ އާއި އަޔެކްސްގެ އިތުރުން އޭސީ މިލާން އަށްވެސް ކުޅެފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު