ކުލަބް ދޫކޮށް ދިއުމުގެ ވިސްނުމެއް ނެތް: ފަލްކާއޯ

އެހެން ކުލަބު ތަކުން ބޮޑެތި ހުށަހެޅުންތައް ހުށައެޅި ނަމަވެސް، މިހާރު ކުޅޭ ކުލަބް ދޫ ކޮށްލުމުގެ އެއް ވެސް ވިސްނުމެއް ނެތް ކަމަށް ފްރާންސްގެ މޮނާކޯއަށް ކުޅެމުން އަންނަ ކޮލަމްބިއާގެ އިތުބާރު ފޯވާޑް ރަޑަމެލް ފަލްކާއޯ ބުނެފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފަލްކާއޯ ހޯދުމަށް، ހުށައެޅުންތައް ހުށައަޅަމުން އަންނަ އެއް ކުލަބަކީ ސްޕެއިންގެ ރެއާލް މެޑްރިޑެވެ.

ފަލްކާއޯ ބުނީ، މޮނާކޯ އަކީ އެއްވެސް ހާލެއްގައި ބަލި ޓީމެއް ކަަމަށް ގަބޫލް ނުކުރާ ކަމަށާއި މޮނާކޯގައި ހުރީ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމުގެ އުންމީދުގައި ކަމަށެވެ.

ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ކުޅުމަށްފަހު ފަލްކާއޯ މޮނާކޯއާ ގުޅިފައި ވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ ތޭރޭގައި ގާތްގަނޑަކަށް 50 މިލިޔަން ޕައުންޑަށެވެ.

ބްރެޒިލްގައި ނިމިގެންދިޔަ ފުޓްބޯޅަ މުބާރާތުގެ ކުރިން ފަލްކާއޯއަށް އަނިޔާވެފައި ވުމުން އެ މުބާރާތުގައި އޭނައަށް ކުޅުމުގެ ފުރުސަތެއް ނުލިބުނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު