ބްރެޒިލްގެ ކޯޗަކަށް ޑުންގާ ހަމަޖައްސައިފި

ދުނިޔޭގެ ފުޓްބޯޅައިގެ ހަތް ވަނަ މަގާމް ގައި މިވަގުތު އޮތް ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗަކަށް އެގައުމުގެ ކުރީގެ ޑިފެންޑަރު ޑުންގާ ހަމަޖައްސައިފި އެވެ. މިއީ ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުކަމަށް ޑުންގާ ހަމަޖެއްސި ދެ ވަނަ ފަހަރެވެ.

ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަން (ސީބީއެފް) އިން ބުނީ، ޑުންގާއަށް ހެޑް ކޯޗް ކަން ހަވާލުކުރީ ކުރީގެ ކޯޗް ސްކޮލާރީ އެ މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

ބްރެޒިލްގެ ކޯޗް ކަމާ ހަވާލުވުމަށްފަހު ޑުންގާ ބުނީ، ދެ ވަނަ ފަހަރަށް ވެސް މި ފުރުސަތު ލިބުމުން އުފާވާ ކަމަށާއި ބްރެޒިލްއަށް ރަނގަޅު ކާމިޔާބީއެއް ހޯދައި ދިނުމުގައި އަބަދުވެސް ދެމި ހުންނާނަން ކަަމަށެވެ.

އުމުރުން 50 އަހަރުގެ ޑުންގާ ވަނީ 1994 ވަނަ އަހަރު ބްރެޒިލަށް ވޯލްޑް ކަޕް ހޯދައިދިނުމުގެ އިތުރުން ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައެވެ.

ބްރެޒިލް ވޯލްޑްކަޕް ކާމިޔާބުކުރިއިރު އެޓީމުގެ ކެޕްޓަނަކަށް ހުރި ޑުންގާ އެންމެ ފުރަތަމަ ބްރެޒިލްގެ ކޯޗުކަމާ ހަވާލުވީ 2006 ވަނަ އަހަރު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު