އުރީދޫ އިން އައިފޯން 5އެސްއަށް ހާއްސަ ޑޭޓާ ޕްލޭނެއް ތައާރަފްކޮށްފި

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ކުންފުނި ކަމަށްވާ އުރީދޫ މޯލްޑިވްސްއިން އައިފޯން 5އެސްއަށް ހާއްސަކޮށް ޑޭޓާ ޕްލޭނެއް މިއަދު ތައާރަފު ކޮށްފި އެވެ.

އުރީދޫއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޑޭޓާ ޕްލޭން މެދުވެރިކޮށް ދުނިޔޭގެ އެންމެ ޒަމާނީ ސްމާޓް ފޯނު، އެޕަލް އައިފޯނު 5އެސް މެދުވެރިކޮށް އުރީދޫގެ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ފުރަތަމަ ތްރީޖީ ނެޓްވޯކްގައި ބޭނުންކުރެވޭނެ ކަމަށެވެ.

އެ ޑޭޓާ ޕްލޭންގެ ސަބަބުން އައިފޯނު އޮތޮރައިޒްޑް ރީސެލާ ކަމަށްވާ ފޯކަސް ކޮމްޕިއުޓާސް މެދުވެރިކޮށް ބައްލަވައިގަންނަވާ އައިފޯނު 5އެސް އާއި އެކު މިހާރު އުރީދޫގެ ހާއްސަ ކަނެކްޝަނެއް، 6ޖީބީގެ ޑޭޓާ އެލަވަންސާއެކު ލިބޭނޭ ކަމަށް ވެސް އުރީދޫ އިން ބުނެއެވެ.

"އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރާނީ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފުރިހަމަކަމާ އެކީ ގެނެސްދޭން. އެގޮތުން އެޕަލް އާއި ގުޅިގެން އެންމެ ޒަމާނީ ސްމާޓް ފޯނު އެންމެ ފުރިހަމަ ނެޓްވޯކްގައި ބޭނުންކުރެވޭނެ،" އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވި އެވެ.

މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީ އީޖާދުކުރުމުގައި އެންމެ އުހުގައި ގުނާލެވޭ އެޕަލް ކުންފުނި ރާއްޖޭގެ ނެޓްވޯކަކާއި ގުޅުނު ފުރަތަމަ ފަހަރެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު