ޓްރެފިކް ކުރުމާ ގުޅޭ ކަންކަން ވިލަރެސް ކުރާ ކޮމެޓީއަށް އަހްމަދު ރަޝީދު އައްޔަން ކުރަން ފާސްކޮށްފި

މީހުން ޓެރެފިކް ކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ޓްރެފިކް ކުރުމާ ގުޅޭ ކަންކަން ވިލަރެސް ކުރާ ކޮމެޓީއަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރެއްގެ ގޮތުގައި ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި އެވެ.

މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި އަހްމަދު ރަޝީދު އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް 46 މެމްބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ 29 މެމްނަރުންނެވެ.

އަހްމަދު ރަޝީދުގެ ނަންފުޅު ފާސްވުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ކޮމެޓީއަށް ހުށަހެޅުއްވި އަބްދުﷲ އަހްމަދު (އަބުޅޯ) ގެ ނަންފުޅަށް ވޯޓައް އައްސަވާފައެއް ނުވެއެވެ.

ކްލެމެންސީ ބޯޑަކީ މައާފްދިނުމަށް އެދި ނުވަތަ އަދަބު ލުއިކޮށްނުން އެދި ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ހުށަހެޅުމުން، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އެ އިލްތިމާސް ދިރާސާކޮށް އެ އިލްތިމާސާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އަމަލުކުރައްވަން ފެންނަގޮތުގެ ލަފާދިނުމަށް އެކުލަވާލާ ބޯޑެކެވެ.

މަޖިލީހުގެ މެމްބަރެއްގެ އިތުރުން އެ ބޯޑުގައި ތިއްވަނީ ގާނޫނީ ދާއިރާގެ ބޭފުޅަކާއި ތައުލިމީ ދާއިރާގެ ބޭފުޅަކާއި އިޖުތިމާއީ އަދި ސިއްހީ ދާއިރާގެ ބޭފުޅަކާއި ދީނީ އިލްމުވެރިޔަކާއި މަދަނީ ޖަމްއިއްޔާގެ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅެއްގެ އިތުރުން ފުލުހަކާއި ޝަރުއީ ދާއިރާގެ ބޭފުޅެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު