އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް ޢާއިޝަތު ޒާހިރާ އައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް، ހ. ސަނޯރާމާ، ޢާއިޝަތު ޒާހިރާ، އައްޔަނު ކުރައްވައިފި އެވެ.

ޢާއިޝަތު ޒާހިރާ ކުރިންވެސް ހުންނެވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައެވެ. އެކަމަނާގެ މަގާމުގެ ދައުރު މި މަހުގެ ފުރަތަމަ ދުވަހު ހަމަވާތީ އޭގެ ކުރިން ރައީސް ޔާމީން ވަނީ، އެކަމަނާ އެމަގާމަށް އަލުން އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.

މިމަހުގެ 21 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެކަމަނާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް 80 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ނުފެންނަ ކަމަށް އެއް ވެސް މެންބަރެއް ވޯޓު ދެއްވައިފައެއް ނުވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު