ހަމަހަމަ އުސޫލަކުން ބޯނަސް ބަހަން އެއްބަސްވުމުން މުޒާހަރާ ހުއްޓާލައިފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް ހަމަހަމަ އުސޫލަކު ބޯނަސް ދޭން އެއްބަސްވުމުން މުޒާހަރާ ހުއްޓާލައިފި އެވެ.

މިއަދު ހެނދުނު 8:00 ގައި ފެށި މުޒާހަރާ ހުއްޓާލީ އެއާޕޯޓު މުވައްޒަފުންނާ އެމްއޭސީއެލްގެ މެނޭޖިންގް ޑައިރެކްޓާ ބަންދު އިބްރާހިމް ސަލީމް ބައްދަލުކޮށް، ބޯނަސް ހަމަހަމަކޮށް ދެއްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. އަދި މިއަދު މެންދުރުފަހު އެއާޕޯޓް ބޯނަސްއާ ބެހޭ ގޮތުން ގޮތެއް ނިންމައި މީޑިއާއަށް މައުލޫމާތު ދެއްވާނެ ކަމަށް އޭނާ ވިދާޅުވި ކަމަށް އެއާޕޯޓުގައި ހުރި ސަންގެ ނޫސްވެރިޔާ ބުންޏެވެ.

އެކަމާ ގުޅޭ ގޮތުން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ 2013 ވަނަ އަހަރުގެ ބޯނަސް ބެހުމާއި ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު ވަކި ގޮތެއް ނިންމާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު