ސޮނީ ހާޑްވެއާ އާއި އެޓޯލް ހައިޑްއަވޭ މޮޅުވެއްޖެ

ކުުރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން މިހާރު ކުރިއަށްދާ ޕިލިޕްސް ކޮމްޕެނީ ޓޭޕްބޯލް ކްރިކެޓް މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗްތަކުން ސޮނީ ހާޑްވެއާ އާއި އެޓޯލް ހައިޑްއަވޭ ޓީމް މޮޅުވެއްޖެ އެވެ.

މިއަދުގެ ފުރަތަމަ މެޗްގައި ކޯސްޓްލައިނާއި ބައްދަލުކޮށް ސޮނީ ހާޑްވެއާ ކާމިޔާބުކުރީ 70 ލަނޑުންނެވެ. ދެވަނަ މެޗް ޓީޓީއެސްއާއި ބައްދަލުކޮށް އެޓޯލް ހައިޑްއަވޭ ކާމިޔާބުކުރީ އަށް ވިކެޓުންއެވެ.

މިއަދުގެ ފުރަތަމަ މެޗް ޓޮސް ދިމާވުމުން ސޮނީ ހާޑްވެއަރ ކުޅެންއަރާ އަށް އޯވަރުގެތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން157 ލަނޑުހެދިއެވެ. އެންމެ ރަގަޅަށް ކުޅުނީ 31 ލަނޑު ހެދި އިސާން ޖަޔަކޮޑީ އާއި 32 ލަނޑު ހެދި އެމްއެސް ޖަޔަކޮޑީ އާއި 30 ލަނޑު ހެދި މޯހަންއެވެ.

ޖަވާބުގައި ކޯސްޓްލައިންް ކުޅެންއަރާ އަަށް އޯވަރު ނިމުނުއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 87 ލަނޑުއެވެ. އެންމެ ރަގަޅަށް ކުޅުނީ 30 ލަނޑު ހެދި ޗަނޫކާއެވެ.

މިއަދުގެ ދެވަނަ މެޗް ޓޮސް ދިމާވުމުން ޓީޓީއެސް ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 82 ލަނޑު ހެދިއެވެ. އެންމެ ރަގަޅަށް ކުޅުނީ 25 ލަނޑުހެދި ރޯސަނާއެވެ.

ޖަވާބުގައި އެޓޯލް ހައިޑްއަވޭ ކުޅެންއަރާ އެއްވެސް ކުޅިންތެރިއަކު ނުބައިނުވެ ފަސް ވަނަ އޯވަރުގެތެރޭގައި 88 ލަނޑުހެދިއެވެ. އެންމެ ރަގަޅަށް ކުޅުނީ 34 ލަނޑުހެދި ޖީވަންއެވެ.

މިމުބާރާތުގައި މާދަމާ ހަވީރު ކުޅޭ ރަތަމަ މެޗްގައި ބައްދަލުކުރާނީ މޯޅްޑިވްސް ޕޯޓްސް ލިމިޓެޑާއި އެސްޓީއޯ އެވެ. އަދި ދެވަަނަ މެޗްގައި ބައްދަލުކުރާނީ އައިލޭންޑް އޭވިއޭޝަނާއި ކޯސްޓްލައިންއެވެ. ކުޅުން ކުރިއައްދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު