ރޮޑްރިގޭޒް ރެއާލްއަށް ސޮއިކޮށްފި

ފްރާންސްގެ މޮނާކޯ އެފްސީއަށް ކުޅެމުންދިޔަ ކޮލަމްބިއާގެ މިޑްފީލްޑަރު ޖޭމްސް ރޮޑްރިގޭޒް ސްޕެއިންގެ ރެއާލް މެޑްރިޑަށް ސޮއިކޮށްފި އެވެ.

ބީބީސީގައި ބުނެފައިވާގޮތުން މި ފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހުމުގެ އިތުރަށް ކޮލަމްބިއާ އަށް މޮޅު ކުޅުމެއް ދެއްކި ޖޭމްސް ރޮޑްރިގޭޒް ރެއާލް އަށް ސޮއި ކޮށްފައި ވަނީ 80 މިލިއަން ޔޫރޯގެ އަގަކަށެވެ. އަދި އޭނަ ރެއާލްއަށް ސޮއި ކުރީ ކުރިއަށް އޮތް ހަ އަހަރު ދުވަހަށެވެ.

ރޮޑްރިގޭޒް އަކީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ރެއާލް އަށް ސޮއިކުރި ދެވަނަ ވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން ރެއާލް އަށް ކުޅުމަށް ސޮއި ކޮށްފައި ވަނީ ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދި ޖަރުމަންގެ ކްރޫސް އެވެ.

އުމުރުން 23 އަހަރުގެ ރޮޑްރިގޭޒް މޮނާކޯއާ ގުޅުނީ މިދިޔަ ސީޒަނުގައެވެ. ޕޯޓޯއަށް މޮޅު ކުޅުމެއް ދެއްކި ރޮޑްރިގޭޒް މޮނާކޯއަށް ގެންދިޔައީ 45 މިލިއަން ޔޫރޯގެ އަގަކަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރޮޑްރިގޭޒް ރެއާލްއާ ގުޅުމަށްފަހު، އެޓީމުގެ ގެރެތު ބޭލް އާއި ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ބައިވެރިވާނީ އެ ކްލަބުގެ ނުރައްކާތެރި އެޓޭކުގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު