ސޮކަވެޓަރަންސްއިން މަހިބަދޫ ކޮޅަށް ލަނޑު ގޯންޏެއް ޖަހައިފި

ކޮކާކޯލާ ވެޓެރަންސް ކަޕްގެ ދެވަނަ ބުރުގެ އެންމެ ފަހު މެޗުގައި މިއަދު ހަވީރު ކުޅުނު މެޗް ފަސޭހަކަމާއެކު މަހިބަދޫ ސްޕޯޓްސް ކްލަބް އަތުން 12-0 ލަނޑުން ސޮކަވެޓަރަންސް އެސޯސިއޭޝަން މޮޅުވެއްޖެ އެވެ.

ލައިފް ބޯއީ އެއް ނަމްބަރު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސޮކަވެޓެރަންސްގެ ގޯލުތަށް އެޓީމަށް ކާމިޔާބު ކޮށްދިނީ ފަސް ގޯލް ޖެހި އަލީ ޝަމީމް އާއި ފަސް ގޯލްޖެހި އަލީ ރިޒާގެ އިތުރުން މުހައްމަދު ނިހާން ނަސީރު އަދި މުހައްމަދު ޒިޔާދުގެ ތެރެއިން ކޮންމެ ކުޅުންތެރިޔަކު އެއް ގޯލެވެ.

ސޮކަވެޓަރަންސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެޓީމުގެ އަލީ ޝަމީމްއެވެ.

މިއަދުގެ މޮޅާއިއެކު ސޮކަވެޓެރަންސް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ 10 ޕޮއިންޓް ހޯދައިގެން ދެ ވަނަ ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި މަހިބަދޫ މުބާރާތުން ކަޓާފައިވަނީ ދެވަނަ ބުރުގައި ކުޅުނު ހަތަރު މެޗުން ބަލިވެ ޕޮއިންޓެއް ނުލިބިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ހަވީރު ބައްދަލުކުރާ ދެޓީމަކީ ސޮކަވެޓެރަންސް އާއި ވެލެންސިއާ އެވެ. އަދި ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އަންނަ ހުކުރު ދުވަހު ހަވީރު ބައްދަލުކުރާ ދެޓީމަކީ ބީޖީ ސްޕޯޓްސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު ހަވީރުއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު