ބީވައިޖީ ފްޓްސަލް ކަޕްގެ ގުރުއަތު ނެގުން ބާއްވައިފި

ފ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ އެއްމެ ބޮޑު ކުޅިވަރު އިވެންޓް ކަމުގައިވާ ބީވައިޖީ ފްޓްސަލް ކަޕްގެ ގުރުނެގުން ރޭ ބާއްވައިފި އެވެ.

މުބާރަތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތުން ސަންއަށް މައުލޫމާތު ދެމުން ބުނީ، މިއަހަރުގެ މުބާރާތަކީ މިވީހާތަނަށް ބާއްވާ އެންމެ ބޮޑު އެއް މުބާރާތް ކަމަށެވެ. އަދި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ބިލެއްދޫ ރަސްމީ ފްޓްބޯޅަ ދަނޑުގައި ކަމަށެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެމުބާރަތުގެ ގްރޫޕް އޭގައި ވާދަކުރާ ޓީމް ތަކަކީ 2012 ވަނަ އަހަރުގެ ޗެމްޕިއަން އޯލް ޔޫތު ބިލެއްދޫ އާއި، ރުއްގަނޑު ފްޓްބޯލް ކުލްބާއި، ޑިޕޯޓިވޯ އެކްސް ކުލޯސިވޯގެ އިތުރުން ދަރަނބޫދޫ ބޭޑް ސިޓީ އެވެ. އަދި ގްރޫޕް ބީ ފަޅިން ވާދަކުރާ ތީމް ތަކަކީ މިދިޔަ އަހަރުގެ ޗެމްޕިއަން ޗެމްޕިއަން ނިލަންދޫ އެސްޖީސީ ސްޕޯޓްސް ކުލަބާއި، ފެމެލީ ރިކްރިއޭޝަން ކުލަބާއި، ޔަންގް ޔުނައިޓްގެ އިތުރުން ރީޔުނިއަން އެވެ.

މުބާރާތް އިންތިޒާމް ކުރާ ބިލެއްދޫ ޔޫތު ޖެނެރޭޝަން ގެ ފަރާތުން ބުނީ، ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަމި މިފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރުން ނަކީ އެސްޓީއޯ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު