އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އަޒީ އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް ލ. މާވަށު މާޒީ، އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު (އަޒީ) މިއަދު އައްޔަން ކުރައްވައިފި އެވެ.


މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ފަތްކޮޅު އެރުއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އިންފޮމޭޝަން ކޮޝިނަރާ ބައްދަލުކުރައްވައި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މުވައްޒަފުންގެ ކަންތައްތަކާއި، އިދާރީ އޮނިގަނޑާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އަޒީ މިއަދު އައްޔަން ކުރައްވާފައި ވަނީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޭނާ އެ މަގާމަށް އައްޔަން ކުރެއްވުމަށް ފާސްކުރުމާ ގުޅިގެންނެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަހުގެ 13 ވަނަ ދުވަހު "އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް" އުފައްދަވާފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު