އިޒްރޭލާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އަދާލަތުން ތައުރީފުކޮށްފި

ފަލަސްތީނުގެ އަޚުންނާއި އުޚްތުންނަށް އިޒްރޭލުން ދެމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އަދާލަތު ޕާޓީން ފުރިހަމައަށް ތާއިދުކޮށް އެ ޕާޓީން ސަރުކާރަށް ތައުރީފްގެ ބަސްތައް ރައްދުކޮށްފި އެވެ.

އަދާލަތު ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުގެ އުފެއްދުންތައް އެތެރެކުރުން މަނާކުރުމަށާއި ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި އިޒްރޭލާ އެކު ދިވެހި ސަރުކާރުން ވެފައިވާ ތިން އެއްބަސްވުން ރޫޅައިލުމަށް ނިންމުމަކީ މި ސަރުކާރުން ނިންމާފައިވާ "ހިތްވަރު ގަދަ ނިންމުމެއް" ކަމަށެވެ.

"ފަލަސްތީނުގެ އަޚުންނާއި އުޚްތުންނަށް އިޒްރޭލުގެ ފަރާތުން ދެމުންގެންދާ ލާއިންސާނީ އަނިޔާވެރި އަމަލުތަކާއި ދެކޮޅު ހެދުމުގެ ގޮތުން ދިވެހި ސަރުކާރުގެ ފަރާތުން ގެންގުޅުއްވާ މައުޤިފަށް އަދާލަތު ޕާޓީގެ ފަރާތުން ފުރިހަމައަށް ތާއިދުކުރަމެވެ. ހާއްސަކޮން މިއަދު ސަރުކާރުން ނިންމެވި ހިތްވަރުގަދަ ނިންމެވުމަށް މަރްހަބާއާ އައްސަރިބަސް މި ޕާޓީގެ ފަރާތުން ދަންވަމެވެ." އަދާލަތު އިއްޔެ ނެރުނު ނޫސްބަޔާނުގައި ވެއެވެ.

އޭގެ އިތުރުން އިޒްރޭލްގެ އަނިޔާވެރިކަމާއި ދެކޮޅު ހެދުމުގެ ގޮތުން ދިވެހި ސަރުކާރުގެ "ހިތްވަރު ނިންމުންތައް" އިތުރަށް ފެނިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އަދާލަތު ޕާޓީގެ އެ ބަޔާނުގައިވެ އެވެ.

އިސްރާއީލުގައި އުފައްދާ ތަކެތި ރާއްޖެ އެތެރެ ކުރުން މަނާ ކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، އެގައުމާއެކު ދިވެހި ސަރުކާރުން ހަދާފައިވާ ތިން އެއްބަސްވުމެއް އުވާލާފައި ވާ ކަމަށް ސަރުކާރުން އިއްޔެ ވަނީ އިއްޔެ ބުނެފަ އެވެ. ރާއްޖޭގައި އިންވެސްޓްކުރުމަށް އިސްރާއީލުގެ އިންވެސްޓަރުން މުހިއްމު ނޫން ކަަމަށާއި ރާއްޖޭގައި އިންވެސްޓް ކުރުމަށް މުހިއްމުވާނީ އިންސާނީ ހައްުގުތަކަށް ބޯލަނބާ ގައުމުތައް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު