ފަނިގިރާ ބާވަތްތަކުގެ އަގުތަށް އަނެއްކާވެސް މައްޗަށް ޖެހިލައިފި

ރޯދަމަސް ނިމުމާ ކައިރިވެފައިވާ އިރު ބާޒާރުގައި ވިއްކަން ހުރި މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ ތެރެއިން ފަނިގިރުމަށް ބޭނުންކުރާ ބާވަތްތަކުގެ އަގުތަށް އަނެއްކާ ވެސް މައްޗަށް ޖެހިލައިފި އެވެ.

މިއަދު ބާޒާރު އަގުތަކަށް ބަލާއިރު ކަރާ ކިލޯއެއް ވިއްކަން ހުރީ 25 ރުފިޔާ އާއި 30 ރުފިޔާ އަށެވެ. މީގެ ދެ ދުވަސް ކުރިން 16 ރުފިޔާއަށް ކަރާ ކިލޯއެއް ވިއްކި އެވެ. ޕެޝަން ފުރުޓް ކިލޯއެއް މިހާރު ވިއްކަން ހުރީ 60 ރުފިޔާ އާއި 100 ރުފިޔާ ދެމެދުގެ އަގެއްގަ އެވެ. މީގެ ފަސް ވަރަކަށް ދުވަސް ކުރިން ވިއްކަން ހުރީ 45 ރުފިޔާ އަށެވެ.

ބާޒާރުގައި ފޭރު ކިލޯއެއް 50 ވިއްކަން ހުރިއިރު އަނބު ކިލޯއެއް ވިއްކަމުން ދަނީ އާދައިގެ ދިވެހި އަނބު 100 ރުފިޔާއަށް ހަ އަނބެވެ.

ކުރިން 10 ރުފިޔާއަށާއި 15 ރުފިޔާއަށް ވިއްކި ކުރުނބައެއް ގެ އަގު މިއަދު ވަނީ ބާޒާރުގައި 10 ރުފިޔާއިން ފެށިގެން 25 ރުފިޔާއާއި ދޭތެރޭ އަގުތަކަކަށް އުފުލިފަ އެވެ. ބާޒާރުގައި މިއަދު ރޮކް މެލަން ކިލޯއެއް ވިއްކަން ހުރީ 40 ރުފިޔާ އާއި 50 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ.

މާރުކޭޓުގައި ދިވެހި އުފެއްދުންތައް ވިއްކަން ތިބި ފަރާތްތަކުން ބުނީ ރަމަޟާން މަހުގެ ފަހު ދުވަސްވަރާ ދިމާކޮށް ލޯކަލް މާރުކޭޓްގައި އަދިވެސް ތަކެތީގެ އަގުތަށް އުފުލޭނެކަމަށް ބެލެވޭ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު