ފަހު ވަގުތު ފްލައިޓް ކެންސަލްކުރުމުން އެމްއެޗުގެ ދެ ހާދިސާއިން ވެސް ސަލާމަތްވި މީހެއްގެ ވާހަކަ

ހޮލެންޑްގެ ސައިކްލިސްޓެއް ކަމަށްވާ އުމުރުން 29 އަހަރުގެ މާޓެން ޑިޖޯން އަކީ ނަސީބު ގަދަ މީހެކެވެ. އޭނާ ވަނީ މަރުވާނެ ފަދަ ދެ ހާދިސާއަކުން ފާއިތުވި ހަތަރުމަސްދުސް ތެރޭގައި ސަލާމަތް ވެފައެވެ.

މިދިޔަ މާޗްމަހުގެ އަށް ވަނަ ދުވަހު ގެއްލުނު މެލޭޝިއާ އެއާލައިންގެ މަތިންދާބޯޓް އެމްއެޗް 370 އިން އެދުވަހު ދަތުކުރަން މާޓިން އޮތީ ޓިކެޓް ގަނެފައެވެ. އަދި މިހަފުތާގައި ޔުކްރޭން މަތިން ދަތުރުކުރަނިކޮށް ބަޔަކު ދިން މިސައިލް ހަމަލާއެއްގައި ވައްޓައިލި މަތިންދާބޯޓް އެމްއެޗް 17 އިން ދަތުރު ކުރުމަށް ވެސް އޭނާ އޮތީ ޓިކެޓް ގަނެފައެވެ. މި މަހުގެ 17 ވީ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާއިން މާޓިން ސަލާމަތްވީ އެ ފްލައިޓުން ކުރާން އޮތް ދަތުރު ޖެހިގެން އައި އާދީއްތައަށް ބަދަލުކުރާން ޖެހުމުންނެވެ.

ދެހާދިސާގައި ވެސް ދަތުރު އެހެން ގޮތަކަށް ބަދަލުކުރަން މާޓިން ނިންމާފައި ވަނީ އެންމެ ފަހު ވަގުތުގަ އެވެ. މާޓެންގެ އޮފިޝަލް ވެބްސައިޓްގައި އޭނާ މިދިޔަ ހުކުރު ދުވަހު ބުނެފައި ވަނީ އާމްސްޓަޑަމް އިން ފުރައިގެން ކުއާލަލަމްޕޫރަށް ދަތުރުކުރަނިކޮށް ވެއްޓުނު ބޯޓުން އޭނާ ދަތުރުކުރަން ހަމަޖެހިފައި އޮތް ކަމަށެވެ. ނަމަވެސް ދިމާވި ކަންތައްތަކެއްގެ ސަބަބުން އޭނާގެ ދަތުރު އެތައް ދުވަހަކަށް ފަސްކުރަން ޖެހުނީ ކަމަށް ވެސް ބުނެފައި ވެއެވެ.

މާޓިން ބުނެފައި ވަނީ އޭނާ ދަތުކުރަން ގަސްދުކުރި މެލޭޝިއާ އެއާލައިންސްގެ ދެ ބޯޓަށް އެގޮތް މެދުވެރިވި ނަމަވެސް އޭނާ އެ އެއާލައިންގެ ބޯޓަކުން ތިން ވަނަ ފަހަރަށް ޓިކެޓް ނަގަން ވެސް ނިންމާފައިވާ ކަމަށެވެ. އަދި ސަލާމަތީ ކަންކަމާ މެދު ކަންބޮޑު ނުވާ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

"ދެފަހަރު ވެސް އަހަރެން ނަސީބުވެރި. މިފަހަރު (ދެން ކުރަން އޮތް ދަތުރު) މިއީ ތިން ވަނަ ފަހަރު،" އޭނާ ލިޔެފައި ވެއެވެ.

އޮސްޓްރޭލިއާގެ ސިޑްނީ މޯނިން ހެރަލްޑް ނޫހުން ބުނީ މެލޭޝިއާގެ ޓެރެންގަނޫ ސައިކްލިން ޓީމުގައި މަސައްކަތް ކުރާ މާޓެން އެމްއެޗް 17 އިން ދަތުކުރަން އުޅުނީ ހޮލެންޑްގައި އޮތް މުބާރާތެއް ނިންމާލުމަށް ފަހު އަލުން މެލޭޝިއާއަށް ދިއުމަށެވެ. އެމްއެޗް 17 އިން ބުރާސްފަތި ދުވަހު ދަތުކުރަން އޮތް ނަމަވެސް ފަހު ވަގުތު، ޖަރުމަނުގެ ފްރޭންކްފާޓުން ފުރާ ބޯޓަކުން ފުރަން އޭނާ ނިންމީ ކަމަށް އެ ނޫހުގައި ވެއެވެ.

މާޗްމަހު އެމްއެޗް 370 އިން ކުރަން އުޅުނު ދަތުރު ހުއްޓައިލުމަށް ފަހު އޭނާ ދަތުރުކުރީ މެލޭޝިއާ އެއާލައިންގެ އެހެން ބޯޓަކުންނެވެ.

"... އަހަރެންނަށް އެބޯޓުން ވަރަށް ފަސޭހައިން ދަތުރުކުރެވުނީސް. އެކަން އޮތީ ދޫކޮށްނުލެވޭހާ ކައިރީގައި. ޕެސެންޖަރުންނާއި އާއިލާތަކަށް ޓަކައި އަހަރެން ހިތާމަކުރަން. އެކަމަކު އަހަރެން ސަލާމަތްވީތީ އުފާކުރަން،" އާރްޓީވީ އަށް ދިން އިންޓަވިއުއެއްގައި މާޓެން ބުނި ކަމަށް ޑެއިލީމެއިލް ނޫހުން ބުންޏެވެ.

މާޗްމަހު ގެއްލުނު އެމްއެޗް 370 އިން 239 މީހުން ދަތުރުކުރިއެވެ. އަދި އެމްއެޗް 17 އިން 283 މީހުން ދަތުރުކުރިއެވެ. އެމްއެޗް 370 ގެ އެއްވެސް ބައެއް ވެސް އަދި އެބޯޓުން ދަތުރުކުރި މީހެއްގެ ހަށިގަނޑު ވެސް މިހާތަނަށް ފެނިފައެއް ނުވެއެވެ. އެމްއެޗް 17 އިން ދަތުރުކުރި 283 މީހުންގެ ތެރެއިން 196 މީހެއްގެ ހަށިގަނޑު މިހާރު ވަނީ ފެނިފައެވެ.

ރޭވި ހަމަޖެހިފައި އޮތް ގޮތަށް ދަތުރު ކުރިޔަށް ދިޔަ ނަމަ އެމްއެޗް 370 ގައި މާޓީން ދަތުރުކުރާނެ އެވެ. އަދި އެ ހާދިސާގައި ބޯޓާ އެކު ގެއްލުނު މީހުންގެ ތެރޭގައި ހިމެނި، މާޓީން ވެސް މިހާރު ވީހީ "ނޭނގޭ ދުނިޔެއެއެއްގަ" އެވެ. ހަމަޖެހިފައި އޮތް ގޮތަށް، ފަހުވަގުތު ޚިޔާލު ބަދަލުނުކޮށް، އެމްއެޗް 17 އިން ދަތުރުކުރި ނަމަ ވެސް މާޓިންގެ ނަން މިހާރު އޮންނާނީ ބިމާ ހަމަކޮށްލި ފްލައިޓާ އެކު މަރުވި މީހުންގެ ލިސްޓުގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު