އިމާރާތެއްގެ ތިން ވަނަ ބުރިން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލޭގައި އިމާރާތް ކުރަމުންދިޔަ ގެސްޓު ހައުސްއެއްގެ ތިން ވަނަ ބުރިން ބަނގުލަދޭޝް މީހަކު ވެއްޓި މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 10:00 ގައި ހިނގި އެހާދިސާގައި ތިން ވަނަ ބުރިން ވެއްޓި މަރުވި މީހާގެ އަތުގެ ކުޑަހުޅުން ބިންދައިގެންގޮސް ފައިގެ ފަލަމަސްގަނޑުގެ ކަށިގަނޑެއް ބިންދައިގެން ދިއުމުގެ އިތުރުން އޭނާގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު ހޭ ހުރި ކަމަށެވެ. އަދި އޭނާމަރުވެފައި ވަނީ އިތުރު ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔަ ފަހުން ކަމަށެވެ.

ބަނގުލަދޭޝް މީހާ ވެއްޓިފައި ވަނީ ހަދަމުންދިޔަ ގެސްޓު ހައުސްގެ ޓެރަސް މަތީ ހުރި ފަތިތަކެއް ބާލަމުން ދަނިކޮށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު