ބޯނަސް ބެހުމުގެ މައްސަލައިގައި އެއާޕޯޓު މުވައްޒަފުން މުޒާހަރާ ކުރަނީ

ބޯނަސްގެ ގޮތުގައި ބޮޑެތި އަދަދު ތަކެއް ޑިއުޓީ ފްރީ ފިހާރައިގެ މުވައްޒަފުންނަށް ދޭން ނިންމުމާއި ގުޅިގެން އެއާޕޯޓުގެ ބައެއް މުވައްޒަފުން ނުކުމެ މުޒާހަރަން ކުރަން ފަށައިފި އެވެ.

ނަންނުޖެހުމަށް އެދި އެއާޕޯޓުން ވާހަކަ ދެއްކި ސްޓާފަކު ބުނީ ހިއުމަންރިސޯސަން ޑިޕާޓްމަންޓް ކުރިމަތީ ގިނަ އަދަދެއްގެ މުވައްޒަފުން މުޒާހަރާ ކުރަމުންދަނީ ސްޓާފުންގެ މެދުގައި ބޯނަސް ބެހުމުގައި ބޮޑެތި ތަފާތު ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށް ބުނެ ކަމަށެވެ.

ޑިއުޓީ ފްރީ ފިހާރަތަކުގެ މުވައްޒަފުންނަށް ދިނުމަށް އެމްއޭސީއެލްގެ ބޯޑުން ނިންމާފައިވާ ބޯނަސް ލިސްޓު ސަން އަށް ވަނީ ލިބިފަ އެވެ.

އެ ލިސްޓްގައިވާ ގޮތުން އެންމެ ބޮޑު ބޯނަސް އެއް ލިބެނީ ޑިއުޓީ ފްރީ ފިހާރަ ހިންގުމާ ހަވާލުވެ ހުންނަ ބިދޭސީ ވެރިޔާ އަށެވެ. އޭނާއަށް ބޯނަސްގެ ގޮތުގައި އެއްފަހަރާ 848963.52 ލިބެ އެވެ. އަދި ދެން ތިބި އެގްޒެކްޓިވް ލެވެލްގެ ބައެއް ފަރާތްތަކަށް ބޯނަސްގެ ގޮތުގައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ލިބެ އެވެ. އެމީހުންގެ ތެރޭ ބިދޭސީ މުވައްޒަފުން ވެސް ހިމެނެ އެވެ.

އެއާޕޯޓުން ވާހަކަ ދެއްކި މުވައްޒަފަކު ބުނީ ޑިއުޓީ ފްރީ ފިހާރައަށް ބޯނަސްގެ ގޮތުގައި ބޮޑު އަދަދަކުން ދޭން ނިންމި އިރު އެތަނުގައި ގިނަ އަދަދެއްގެ ބޭރު މުވައްޒަފުން މަސައްކަތް ކުރާ ކަމަށެވެ.

އެއާޕޯޓުން ވާހަކަ ދެއްކި މުވައްޒަފު ބުނީ މުވައްޒަފުންނަށް ބޯނަސް ހަމަހަމަ ކުރުމަށް ގޮވާލާ ގިނަ އަދަދެއްގެ މުވައްޒަފުން މުޒާހަރާ ކުރަމުންދިޔަ ނަމަވެސް އެއްވެސް އިސްފަރާތަކުން އަދި އެއްވެސް އެއްޗެއް އަންގާފައި ނުވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އެއާޕޯޓުގެ އިސް އޮފިޝަލެއްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު