ކަރާ ކިލޯއެއްގެ އަގު 30 ރުފިޔާއަށް އުފުލިއްޖެ

ރޯދަ މަހުގެ އެންމެ ހާއްސަ ބާވަތް، ކަރަލުގެ އަގު މާލޭގެ ބާޒާރުގައި މި ރޯދަމަހު މިހާތަނަށް ބޮޑު ނުވާވަރަށް ބޮޑުވެއްޖެ އެވެ.

ދަތުރުވެރިންގެ މާރުކޭޓަށް ބަލާ އިރު މީގެ ފަސް ދުވަސް ކުރިން އާންމު ގޮތެއްގައި 15 ރުފިޔާ އާއި 18 ރުފިޔާއަށް ވިއްކަމުން ދިޔަ ކަރާ ކިލޯއެއް މިއަދު ބާޒާރުގައި ވިއްކަމުން ދަނީ 25 ރުފިޔާ އާއި 30 ރުފިޔާއާ ދޭތެރޭ އަގުތަކެއްގަ އެވެ.

މާރުކޭޓުގައި ކަރާ ވިއްކަން ތިބި ވިޔަފާރިވެރިން ބުނި ގޮތުގައި މާލޭގެ ބާޒާރުގައި ކަރާގެ އަގު އެހާބޮޑަށް މައްޗަށް ގޮސްފައި ވަނީ ރޯދަމަހުގެ ފަހު 10 ކަށް އަޅާލުމުން ތޮއްޑޫން ގެންނަ ކަރާގެ އަދަދު ނިސްބަތުން މަދުވެފައި ވާތީ ކަމަށެވެ.

ތޮއްޑޫ ދަނޑުވެރިޔަކު ބުނީ ދަނޑުވެރިކަން މިފަހަރު ރަނގަޅު ނަމަވެސް ރޯދަ މަހުގެ ފަހު ދުވަސްވަރު ތޮއްޑޫ އިން ކަރާގެ ގެންނަ އަދަދު މަދުވާނެ ކަމަށެވެ. އެގޮތުން ކަރާ ގެންނަ އަދަދު މަދުވުމުން ކަރާގެ އަގު ކުރިޔަށް އޮތް ފަސް ވަރަކަށް ދުވަހުގެ ތެރޭގައި ކިލޯއެއް 35 އަށް އުފުލޭނެކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.

ރޯދަ މަސް ފެށުނު އިރު ބާޒާރުގައި ކަރާ ކިލޯއެއް ވިއްކަމުން ދިޔައީ 20 ރުފިޔާ އާއި 18 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު