ރާއްޖޭގެ އެތްލީޓުންނާ ބައްދަލްކުރައްވައި މިނިސްޓަރު މަލީހު ހިތްވަރު ދެއްވައިފި

ވިހި ވަނަ ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އެތްލީޓުންނާ ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލް ބައްދަލްކުރައްވައި ހިތްވަރު ދެއްވައިފި އެވެ.

ކޮމަންވެލްތް ގޭމްސް ވިލެޖްގައި ބޭއްވި މިބައްދަލްވުމުގައި މިނިސްޓަރު މަލީހު ޖަމާލް ވިދާޅުވީ ވަރަށް އަވަހަށް ގައުމީ ސްކޮޑްގައި ހިމެނޭ ކުޅުންތެރިންނަށް މުސާރަ ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖެއަށް މުހިންމު ކަމަށާއި ރާއްޖޭގައި އެތްލީޓުން ތަމްރީންވުމަށް ހުރި ދަތިތަކަށް ހައްލެއް ހޯއްދެވުމަށް މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު މަލީހު ވިދާޅުވި އެވެ.

މިބައްދަލްވުމުގައި އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަހްމަދު މަރުޒޫގުގެ އިތުރުން ޗެފް ޑިމިޝަނާ އެތްލީޓުން އަދި އޮފިޝަލުން ބައިވެރިވިއެވެ.

ވިހި ވަނަ ކޮމަންވެލްތު ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދުއެވެ. އަންނަ މަހު ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއިން ތަފާތު ފަސް ކުޅިވަރެއްގައި 51 އެތުލީތުން ބައިވެރިވާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު