ހުޅުމާލޭގައި އިތުރު ޖެޓީއެއް އެޅުމުގެ މަސައްކަތް ފަށައިފި

ހުޅުމާލެއަށް އެކްސްޕްރެސް ފެރީގެ ހިދުމަތް ދޭ ޖެޓީއާ ދިމާލުގައި އިތުރު ޖެޓީއެއް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ޖެޓީއަކީ އާންމު ބޭނުންތަކަށް ހަދާ ޖެޓީއެއް ކަމަށެވެ. އެ ޖެޓީއާ ގުޅޭ އިތުރު ތަފްސީލް ވަނީ އަދި ލިބޭގޮތް ނުވެފައެވެ.

ފެންނަ ފެނުމަށް އެ ޖެޓީއަކީ މިހާރު ވެސް ހުޅުމާލެއަށް އެކްސްޕްރެސް ހިދުމަތްދޭ އެމްޓީސީސީގެ ލޯންޗުތައް ގާތްކުރާ ޖެޓީއާ ގާތްގަނޑަކަށް އެއްވަރުގެ ޖެޓީއެކެވެ. އެ ޖެޓީ ހަދަމުން ވެސް ދަނީ އެކްސްޕްރެސް ޖެޓީއާ ދިމާލުގައެވެ.

ހުޅުމާލޭގައި އިތުރު ޖެޓީއެއް އެޅުމުގެ މަސައްކަތް ކުރަމުން ދާއިރު މިހާރު އެރަށުގައި އޮންނަނީ އެންމެ ޖެޓީއެއް ކަމުން އެ ޖެޓީއަށް ވަނީ ވަރަށް ބާރު ބޮޑުވެފައެވެ. ސަބަބަކީ އެރަށުގެ ފަޅު ތެރޭ އަޅާފައި ހުންނަ ގިނަ އަދަދެއްގެ ސަފާރީތަކުން ވެސް ބޭނުން ކުރާ ޖެޓީ އަކީ އެއީ ކަމަށް ވާތީ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު