ވިމެންސް ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ތަށި ނިއުއިން އުފުލާލައިފި

އެސްޓީއޯ ނޫފަހި ވިމެންސް ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި އެމެއެންޑީއެފް އަތުން 4-1 މެޗް ކާމިޔާބު ކޮށް، މުބާރާތުގެ ތަށި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އުފުލާލައިފިއެވެ.

ގައުމީ ފުޓު ބޯޅަ ދަނދުގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ މެޗުގައި ނިއުއަށް ލަނޑު ޖަހައި ދިން ކުޅުން ތެރިން ނަކީ ދެ ގޯލް ނިއުއަށް ކާމިޔާބު ކޮށްދިން އިންޑިއާ ގައުމީ ޓީމުގެ ފޯވާޑް ބެމްބެމް ދޭވީ އާއި އައިޝަތު ސަމާ އަދި ހައްވާ ހަނީފާއެވެ.

މެޗުގައި ނިއު ކޮޅަށް އެމްއެންޑީއެފްއިން ޖެހި ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ މަރިޔަމް ރިފާއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އައިޝަތު ސަމާއެވެ.

މިއަދުގެ މެޗަށް ފަހު ވަނަވަނައަށް ދިޔަ ފަރާތްތަކަށް ތައްޓާއި ހަދާނީ މެޑަލް ބައްސަވާދެއްވީ އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދާއި އެސްޓީއޯގެ ޗެއާމަން އާދަމް އާޒިމާއި ޔޫތު މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު މުހައްމަދު ޝިނާން (ނާނި) އާއި ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަދި ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) އެވެ.

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ސަން ހޮޓެލްސް އެންޑް ރިސޯޓްސް (ސަން) ޓީމުގެ ފާތުމަތު ސައިހާނެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ނިއުގެ އިންޑިއާ ގައުމީ ޓީމުގެ ފޯވާޑް ބެމްބެމް ދޭވީ އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ނަކީ ނިއުގެ އިންޑިއާ ގައުމީ ޓީމުގެ ފޯވާޑް ބެމްބެމް ދޭވީ އާއި ނިއުގެ ފަދުވާ ޒާހިރާއި އެމްއެންޑީއެފްގެ އާމިނަތު ޒާހިޔާ އާއި ސަން ޓީމުގެ ކަޒްރާ ހާން އަދި ސަން ޓީމުގެ އައިޝަތު މާހީ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ނިއުގެ އިންޑިއާ ގައުމީ ޓީމުގެ ފޯވާޑް ބެމްބެމް ދޭވީ އެވެ. އަދި ފެއާ ޕްލޭ ޓީމަކަށް ހުވުނީ ސަން ޓީމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު