ދިވެހި ލީގް ހުޅުވާ މެޗް އަވަސް ކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ ލީގް ކަމުގައިވާ "ދިވެހި ލީގް" ހުޅުވާ މެޗް މާދަމާ ހަވީރު ކުޅޭ ގޮތައް އެފްއޭއެމްއިން ހަމަޖައްސައިފިއެވެ.

އެފްއޭއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ، ލީގް ހުޅުވާ މެޗް ކުރިން ކުޅެން ހަމަޖެހިފައި އޮތީ މާދަމާ ރޭ 9:00ގައި ކަމަށާއި ނަމަވެސް މެޗް ހަވީރު ކުޅޭ ގޮތައް ހަމަޖެއްސީ، އެފްއޭއެމްއިން ކުރިއަށްގެންދާ އަންހެން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗް މާދަމާ ރޭ 9:00 ގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅެން ހަމަޖެހިފައި އޮތުމުން ކަމަށެވެ. އަންހެން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްފެ ފުރަތަމަ މެޗުގައި މާދަމާ ރޭ ބައްދަލުކުރާ ދެޓީމަކީ އެންމެ ފަހުގެ ޗެމްޕިއަން ސަން ޓީމާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.

ދިވެހި ލީގުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗުގައި ބައްދަލުކުރާ ދެޓީމަކީ މިދިޔަ ސީޒަންގެ އެންމެ ކާމިޔާބު ކުލަބް ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ.

މާދަމާގެ މެޗަށް އޭވައިއެލް ނުކުންނައިރު، ނިމިދިޔަ ފުޓްބޯޅަ ސީޒަންގައި އޭވައިއެލް އިން ލީގު ނިންމާލީ ހަތަރު ވަނަ މަގާމް ގައި އޮވެގެންވެ. އަދި ނިއުއިން ލީގް ނިއްމާލީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެއް ވަނަ މަގާމް ގައި އޮވެގެންނެވެ.

މިއަހަރުގެ ދިވެހި ލީގުގައި އަށް ޓީމު ވާދަކުރާ އިރު އެޓީމް ތަކަކީ، ނިމިދިޔަ ސީޒަންގެ ހުރިހާ ތައްޓެއް ކާމިޔާބުކުރި ނިއުރޭޑިއަންޓާއި މާޒިޔާ އާއި ވެލެންސިއާ އާއި ވިކްޓަރީ އާއި ބީޖީ ސްޕޯޓްސް އާއި އީގަލްސް އާއި އޭވައިއެލްގެ އިތުރުން މުޅިން އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ މަހިބަދޫ ސްޕޯޓްސް ކްލަބެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު