ރާއްޖޭގެ ގައުމީ ޓީމަށް މިހާތަނަށް ރަން މެޑަލް ލިބުނު ހަމަ އެކަނި މުބާރާތް ކަމަށްވާ، ސާފް ޗެމްޕިއަންޝިޕް 2008 ވަނަ އަހަރުގެ ތަށި ރާއްޖެއަށް އުފުލާލުމުގެ އުފާވެރި ވަގުތުކޮޅު ގެނެސްދިން ތާރީޚީ ލަނޑު އިންޑިއާ ކޮޅަށް ޖަހައިދިން ކުޅުންތެރިޔާ، މުހުތާރު ނަސީރު ގައުމީ ޓީމަށް ކުޅޭ އެންމެ ފަހު މެޗުގައި 5 މިނިޓު ކުޅުމަށް ފަހު ފައިބައިފި.