ކޮޅިގަނޑެއްގައި ކުޑަރިކިއްޔަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިދިޔަ އަންގާރަ ދުވަހުގެ ރޭ އައި ކޮޅިގަނޑެއްގައި ބ. ކުޑަރިކިއްޔަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ކުޑަރިކިލި ކައުންސިލް ރައީސް އަބްދުލް ހަންނާން އައްބާސް މިއަދު ސަން އަށް ވިދާޅުވީ އެ ރަށަށް ކުރި ވިއްސާރާގައި އައި ކޮޅިގަނޑެއްގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ގިނަ ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

އެގޮތުން ދެ ގެއަކައާއި އެ ރަށު ރައްޔިތުން ގުދަނުގެ ފުރާޅު އެއްކޮށް އެއްލާލުމާއި އިޖްތިމާއީ ސެންޓަރު ބޭރު ފާރުގެ 41 ފޫޓް ވެއްޓުމުގެ އިތުރުން 25 ގަސް މުލުން ލުހިގެން ވެއްޓިފައިވެއެވެ. އަދި އަށް ރުކެއް ވެއްޓިފައިވާއިރު 30 ގަހެއް މައިގަނޑުން ބިންދިގެން ވެއްޓިފައިވާކަމަށް ކުޑަރިކިލި ކައުންސިލުން ބުނެ އެވެ.

އައްބާސް ވިދާޅުވީ ވެއްޓިފައިވާ ރުއްގަސް ނެގުމާއި ހަލާކުވެފައިވާ ތަންތަން ހެދުމުގެ މަސައްކަތް އެ ރަށުގެ ރައްޔިތުން ކުރަމުންދާ ކަމަށެވެ.

ކުރިން ވިއްސާރަ ކުރި ނަމަވެސް މިއަދު މޫސުން ވަރަށް ރަނގަޅުކަމަށް ކުޑަރިކިލި ކައުންސިލުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު