ގައުމީ ޓީމުގެ ކެޕްޓަނާއި މެނޭޖަރު އަދި ކޯޗު ރަސްމީކޮށް އިއުލާނުކޮށްފި

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަނާއި، މެނޭޖަރު އަދި ކޯޗު ހަމަޖައްސައި އެކަން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.

ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ހަމަޖެއްސި ކޯޗު ޑްރާގޯ މަމިޗް އެއްބަސްވުމުގައި ރަސްމީކޮށް މިރޭ ސޮއިކުރީ ސަލްސާ ރޯޔަލްގައި ބޭއްވިި ރަސްމިއްޔާތެއްގަ އެވެ. ޓީމުގެ މެނޭޖަރަކަށް ކުރިން ވެސް އެ މަގާމުގައި ހުރި އަހްމަދު މަހްލޫފު ހަމަޖެއްސި އިރު، ކެޕްޓަނެއްގެ ގޮތުގައި ހަމަޖެއްސީ ވެސް ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިރޭ ބޭއްވި ރަސްމިއްޔާތުގައި ކޯޗުގެ އެއްބަސްވުމުގައި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް އިލްހާމް އަހުމަދާއި، ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ނާސިރު (ނާބެ) އަދި އިސްމާއިލް އިޒްހާން އެވެ.

މިރޭގެ ރަސްމިއްޔާތުގައި ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން އެފްއޭއެމްގެ އިސް ވެރިންނާއި ރާއްޖޭގެ އެންމެ ފުރަތަމަ ކުޅިވަރާ ބެހޭ މިނިސްޓަރު އުމަރު ޒާހިރު އާއި 2008 ވަނަ އަހަރު ރާއްޖެ އަށް ސާފު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމުގެ މެނޭޖަރު މުހައްމަދު ހާނިމް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު